ENGLISH

26 މާރިޗު 2026

Advertisement

ގދ. ތިނަދޫ ހޮސްޕިޓަލް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

26 މާރިޗު 2026

|

ފާތުމަތު އަދާ

ގދ. ތިނަދޫގައި މިއަދު ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވަފިއެވެ.

މި ރަސްމިޔާތުގައި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖަމްޝީދު އާއި މިނިސްޓްރ އޮފް ހެލްތް އަބްދުﷲ ނަޡީމް އަފި ތިނަދީ ސިޓީ ތަމްސީލްކުރާ މަޖްލިސް މެންބަރުންނާއި ތިނަދޫ ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

ތިނަދޫ ސިއްހީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން 102 އެނދުގެ ޖާގައިގެ އިމާރަތެއް 87455 އަކަފޫޓުގެ ސަރަހައްދެއް ބިނާކުރާނެއެވެ.

މިއީ 144.43 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ގދ.ތިނަދޫ  ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޒަމާނީ ފެނަވަރަށް ތަރައްޤީކުރުމުގެ ސަބަބުން ތިނަދޫއިން ލިބޭ ސިއްހީ ފަރުވާ އިތުރުވެ ގިން ބޭސްފަރުވާގެ ހިދުމަތްތައް ލިބުމަށް މަގުފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު