ENGLISH

26 މާރިޗު 2026

Advertisement

ހއ. މުރައިދު އާއި ބާރަށުގެ މަގުތައް ތަރައްޤީކުރަން އާރްޑީސީއާ ހަވާލުކޮށްފި

26 މާރިޗު 2026

|

ފާތުމަތު އަދާ

ހއ. މުރައިދު މަގުތަކާއި ހއ. ބާރަށު ރިންގްރޯޑް ތަރައްޤީ ކުރުމުގެ މަސަކައްކަތް އާރް.ޑީ.ސީއާ މިއަދު ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމްއެވެ.

މުރައިދޫގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫއު އާރް.ޑީ.ސީއާ ހަވާލުކޮށްފައިވަނީ 730 ދުވަސްތެރޭ ނިންމާ ގޮތަށެވެ. އަދި ބާރަށު ރިންގްރޯޑް ތަރައްޤީކުރުމުގެ މަސައްކަތް 1280 ދުވަސްތެރޭ ނިންމަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު