ENGLISH
05 ޖުލައި 2025
ސަރުކާރުން މަސައްކަތް ކުރަނީ ޤާނޫނު އަސާސީއަށް ގެއްލިފައިވާ ޤަދަރާއި އިޙްތިރާމު ހޯދުމަށް: މަޖިލީހުގެ ރައީސް
13 ޑިސެމްބަރު 2024
|
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ - ފޮޓޯ: މަޖިލީސް
މި ސަރުކާރުން މަސައްކަތް ކުރަނީ ގާނޫނު އަސާސީއަށް ގެއްލިފައިވާ ޤަދަރާއި އިޙްތިރާމް ހޯދައިދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖީލީހުގެ ރައީސް މިހެން ވިދާޅުވީ، މަޖިލީހުގެ މި އަހަރުގެ އެންމެ ފަހު ދައުރުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ބާބު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕީއެންސީން ކުރާ މަސައްކަތަކީ ޤާނޫނު އަސާސީގެ ބާރު ދެމެހެއްޓުމާއި، ގެއްލުވާލާފައިވާ ޤަދާރާއި އިޙްތިރާމް ހޯއްދަވައިދެއްވުން ކަމަށާ އަދި މި ސަރުކާރުން މިހާތަނަށް ވެސް ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"ޤާނޫނު އަސާސީގެ ދިފާއުގައޭ ކިޔައިގެން ދާއްކާނެ އެއްވެސް ހަޤީޤަތެއް އޮތް ވާހަކައެއް ނޯންނާނެ. ޕީއެންސީގެ ސަރުކާރު އުފެދުނު ފަހުން އަދި މިހާތަނަށް 20 ވަނަ ރައްޔިތުންގެ މަޖިލީސް އައިފަހުން ވެސް ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ." - ޢަބްދުއްރަޙީމް
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ޤާނޫނު އަސާސީއަށް ގެނައި އިސްލާހުތަކެވެ. މި އިސްލާހުތައް މަޖިލިސް ރައީސް ސިފަކުރެއްވީ ރައްޔިތުން ބާރުވެރިކުރުވުމަށް ގެނައި އިސްލާހުތަކެއްގެ ގޮތުގައެވެ.
އަދި ޤާނޫނު އަސާސީގެ ބާރުކަނޑުވާލައިގެން އިދިކޮޅުން ނުކުންނަން ޖެހޭނެ އެއްވެސް ކަމެއް މިސަރުކާރުން ކޮށްފައި ނުވާނެ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.