ENGLISH
26 މާރިޗު 2026
ގޯއްޗާއި ފުލެޓަށް އެދި މިހާތަނަށް 9500 ފޯމް ހުށަހަޅައިފި
26 މާރިޗު 2026
|
އެންމެ މަޤްބޫލު
މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރަން ހުޅުވައިލި ގޯއްޗާއި ފުލެޓަށް އެދި މިހާތަނަށް 9،500 އަށްވުރެ ގިނަ ފޯމު ހުށައަޅާފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި މިހާރު ހުޅުވާލާފައިވާ ފުރުސަތުތަކުގައި މިހާތަނަށް ޖުމުލަ 9645 މީހުން ފޯމު ވަނީ ހުށަހަޅާފައެވެ. މީގެތެރެއިން އެންމެގިނަ މީހުން ފޯމު ހުށައަޅާފަވަނީ ފްލެޓަށެވެ. އެގޮތުން 5993 މީހުން މިހާތަނަށް ފޯމު ހުށައަޅާފަވެއެވެ. އަދި ގޯއްޗަށް އެދި ފޯމުހުށަހަޅާފައިވަނީ 3234 މީހުންނެވެ.
ގެދޮރުވެރިކަމުގެ ސިޔާސަތުތަކުގެ ތެރެއިން މި ސަރުކާރުން ފުލެޓަށް ފުރަތަމަ ހުޅުވާލީ، އެންމެ ބެނުންޖެހިފައިވާ މީހުންނަށް ފުލެޓް ލިބޭނެ އުސޫލުގެ މަތިންނެވެ. އެގޮތުން އެއް ކެޓެގެރީއަށް ދެމަފިރިންނަށް ނުލެވޭގޮތަށް، އަދި އެކަކަށް ދެ ކެޓެގެރީއަކަށް ނުލެވޭގޮތަށް، ވަނީ އިންތިޒާމްކޮށްފައެވެ.
މިއާއެކުހެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަލައި މިހާރުވަނީ ދެމަފިރިންނަށް ގެދޮރަށް ކުރިުމަތިލެވޭނެ ސްކީމެއް ހުޅުވާލާފައެވެ. އެއީ "ގޯތި ގެދޮރު" ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 418 ފޯމް ހުށަހަޅާފައިވާކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ބުންޏެވެ.
ސަރުކާރުން ހުޅުވާލާފައިވާ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެތެރެއިން ނުކުޅެދުންތެރިކަން ހުންނަ ގިނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އެ ކެޓެގަރީގެ އުސޫލަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން އަމިއްލަ ރަށުން ފަރުވާ ލިބެންނެތުމުން، އެއް އަހަރަށްވެރެ ގިނަދުވަހު މާލެ ސަރަހައްދުގައި ފަރުވާ ހޯދަމުންއަންނަ، ފަރާތްތަކަށްވެސް ކުރިމަތިލެވޭގޮތަށް މިހާރުވަނީ ބަދަލުގެނެސްފައެވެ.
މީގެއިތުރުން އެކި ޕްރޮފެޝަނަލް ދާއިރާތަކުގައި ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށްގެން ވަކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ވަނީ ކެޓެގެރީއެއް ޚާއްސަކޮށްފައެވެ. މިގޮތަށް ވަކިވަކި އިދާރާތަކަށް ހާއްސަކޮށް ކެޓަގަރީތަކެއް ކަނޑައަަޅާފައިވަނީ އެ އިދާރާތަކުގައި މަސައްކަތްކުރާ ހުނަރުވެރި މުވައްޒަފުން އެ އިދާރާތަކުގައި ބޭތިއްބުމަށް މަގުފަހިކުރުމަށް ކަމުގައި ގެދޮރުވެރިކަމާއި ބޭހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
އެ އުސޫލު ގެ ތެރެއިން އެދާއިރާތަކުން ހަރަކާތްތެރިވާ ސިޔާސީ މީހުންނަށް ކުރިމައްޗެއް ނުލެވޭނެއެވެ.
ސަރުކާރުން މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ހުރިހާ ސްކީމްތަކަށްވެސް ކުރިމަތިލެވޭނީ އޭޕްރިލް މަހުގެ ނިޔަލަށެވެ. މިއިން ކޮންމެ ކެޓަގަރީއެއްގައި މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުންގެ ކެޓަގަރީ ހިމެނެއެވެ. އެގޮތުން ފޯމު ހުށައެޅޭނީ "ބޯހިޔާވަހިކަން" ހައުސިން ޕޯޓަލް މެދުވެރިކޮށެވެ.