ENGLISH
26 މާރިޗު 2026
އޭސީޕީ ހުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް ނުބަލަން: ފުލުހުން
26 މާރިޗު 2026
|
ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުގެ ޒިންމާތަކާ ޙަވާލުވެވަޑައިގެންހުރި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދު
އެންމެ މަޤްބޫލު
ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުގެ ޒިންމާތަކާ ޙަވާލުވެވަޑައިގެންހުރި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް ބަލަމުންނުދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
އޭސީޕީ ޙުސައިން ރަޝީދު، ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުގެ އެންމެ އިސްވެރިޔާގެ މަޤާމަށް އައްޔަނުކުރެއްވީ މިދިޔަ ހަފްތާގައެވެ.
ޙުސައިން ރަޝީދުގެ މައްސަލައެއް މީގެ 10 އަހަރު ކުރިން ބަަލައި ފިޔަވަޅު އަޅާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
މީޑިއާތަކުގެ މަޢުލޫމާތާ ޙަވާލާދީ ފުލުހުން ހިއްސާކުރި މެސެޖުގައި ބުނީ، ޙުސައިން ރަޝީދު އެއްވެސް މައްސަލައެއް އެ އިދާރާއިން ބަލަމުންނުދާ ކަމަށާއި، އެއްވެސް ފިޔަވަޅެއް ވެސް މިހާތަނަށް އަޅާފައިނުވާނެ ކަމަށެވެ.
ފުލުހުން ބުނީ، އެއްވެސް މައްސަލައެއްގައި ޙުސައިން ރަޝީދުއާ ސުވާލުކޮށް އަދި އެއްވެސް އިރެއްގައި އޭނާއާ މެދު އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އަޅާފައިނުވާކަން ރިކޯޑުތަކުން ސާފުވާ ކަމަށެވެ.
ޙުސައިން ރަޝީދު އެ މަޤާމަށް އައްޔަންކުރެއްވީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނެފައިވެއެވެ.