ENGLISH
28 މާރިޗު 2026
ހުޅުދުއްފާރު ފޭސް 2 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
25 މާރިޗު 2026
|
ހުޅުދުއްފާރު ފޭސް 2 ގެ މަގުތައް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
އެންމެ މަޤްބޫލު
ރ.ހުޅުދުއްފާރު ފޭސް 2 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) ލިމިޓެޑް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ޑިޒައިން އެންޑް ބިލްޑިންގ އުސޫލުގެ ދަށުން ރ.ހުޅުދުއްފާރު ފޭސް 2 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އާއި އާރް.ޑީ.ސީ އިން ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ހަަސަން ރަޝީދުއެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ޗީފް ފައިނޭންޝަލް އޮފިސަރ ޙަސަން ރިފާޢީ ބުޝްރީއެވެ.
މަގު ހެދުމާއި އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ތަރައްޤީ މަޝްރޫތައް ކުރިއަށްގެންދިޔުމުގެ މަގްސަދުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން 2019 ވަނަ އަހަރު އުފައްދާފައިވާ އާރްޑީސީގެ ދައުރު މިސަރުކާރުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެރޮނގުން، މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫތަކެއް އެ ކުންފުނިން ދަނީ ހިންގަމުންނެވެ.