ENGLISH
25 މާރިޗު 2026
މިއީ އައްޑޫ ކައުންސިލުން ހިންގަމުންދާ ކޮރަޕްޝަނުގެ އަމަލުތަކަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތު: އައިބީ
25 މާރިޗު 2026
|
ންބަރު އިބްރާހިމް ދީދީ ކޮންގްރެސް ޕާޓިގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ޕީއެންސީ
އެންމެ މަޤްބޫލު
ކުރިއަށް މި އޮތް ލޯކަލް ކައުންސިލު އިންތިހާބަކީ އައްޑޫ ސިޓީ ކައުންސިލުން މިހާރު ހިންގަމުންގެންދާ ކޮރަޕްޝަނުގެ އަމަލުތަކަށް ނޫނެކޭ ބުނަން އައްޑޫ ރައްޔިތުންނަށް ލިބިގެންދާ ފުރުސަތެއްކަމަށް ފޭދޫ ދެކުނު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވިގެ "ދިވެހީންގެ ރާއްޖެ" ލައިވް ކަވަރޭޖަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މެމްބަރު ވަނީ ވޭތުވެދިޔަ 15 އަހަރު އައްޑޫ ރައްޔިތުންނަށް ދިމާވަމުން އައި ތަކުލީފުތަކަކީ މިހާރު އޮތް ކައުންސިލުގެ ފަރާތުން ދިމާވަމުން ދިޔަ ތަކުލީފުތަކެއް ކަމަށް ވިދާޅުވެފަ އެވެ.
ކޮންމެ ފިކުރެއްގެ ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް ކައުންސިލުތައް ވާންވާނީ ރައްޔިތުންނާ އެކީގައި މަސައްކަތް ކުރާ ކައުންސިލުތަކަކަށްކަން އައިބީ ފާހަގަކުރެއްވި އެވެ. އައިބީ ވިދާޅުވީ އައްޑޫގައި އިދިކޮޅު ކައުންސިލެއް އޮންނަތާ 15 އަހަރުވެފައިވާކަމަށާއި މުޅިން ވެސް ހިޔާލު ތަފާތުވާ ސަރުކާރުތަކަށް ކައުންސިލުން ކުރަނީ ޖެއްސުންކަމަށެވެ.
"އެބޭފުޅުންގެ ސަރުކާރެއްގައި އެއްވެސް ކަމެއް ނުކުރެވޭ. ދެން އަންނަ ސަރުކާރަކަށް ކުރަނީ ޖެއްސުން. މިފަހަރަކީ އައްޑޫ ރައްޔިތުންނަށް ލިބޭ ފުރުސަތެއް ކޮރަޕްޝަނަށް ނޫނެކޭ ބުނަން. މި ކައުންސިލުގައި ކޮރަޕްޝަނުގެ އަމަލުތައް ހައްދުފަހަނަ އަޅާފައި އޮތީ. ރައްޔިތުންނަށް ބޭނުންވާ ކަންކަން މިސާލަކަށް މަގުތައް މަރާމާތުކުރުމާއި މަގުހެދުމާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ފަސޭހަކުރުމަށް މިހާރު ހުރި މޭޔަރު ބަދަލުކުރަން އެބަ ޖެހޭ. " - ފޭދޫ ދެކުނު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)
ވުމާއެކު، ކޮންގްރެސް ޕާޓިގެ އައްޑޫ ސިޓީ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީއަށް ވޯޓު ދެއްވައި އައްޑޫގެ މިހާރުގެ މޭޔަރު އަލީ ނިޒާރަށް ނޫނެކެ ބުނުމަށް އައިބީ ވަނީ އައްޑޫގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.