ENGLISH

25 މާރިޗު 2026

Advertisement

ފެންނަނީ ރައީސް ކޮށްދެއްވި ހިދުމަތް އައްޑޫން ބަލައިގަނެފައިވާކަން: އިހުސާން

25 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަޑައިގަތުމުން އެ ސިޓީގެ ރައްޔިތުން އެކަމަނާއަށް ދެންނެވި މަރުހަބާއިން ފެންނަނީ ފާއިތުވި ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނަށް ކޮށްދެއްވި ހިދުމަތް އެ ސިޓީގެ ރައްޔިތުން ބަލައިގަނެފައިވާކަން ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާނު މިފަދައިން ވިދާޅުވީ އައްޑޫއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ސިޓީގެ އެކި ގެތަކަށް ފަސްޓް ލޭޑީ ސާޖިދާ ކުރެއްވި ޒިޔާރަތުގައި ބައިވެރިވެވަޑައިގެން އެ ހަރަކާތުގެ ތެރެއިން އެމްއެމްޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. 

އިހުސާން ވިދާޅުވީ ފަސްޓް ލޭޑީ އައްޑޫއަށް ވަޑައިގަތުމުން އެ ސިޓީގެ ގިނަ ބަޔަކު އެކަމަނާއަށްް މަރުހަބާ ދެންނެވުމަށް ނިކުތްކަމަށާއި، އަދި ރޭ ކުރިއަށްގެންދިޔަ ހަރަކާތުގައިވެސް ގިނަ ބަަޔަކު ބައިވެރިވި ކަމަށެވެ. އެކަންކަމުން ފެންނަނީ ރައީސްގެ ޒައާމަތުގައި އައްޑޫއަށް އެމަނިކުފާނު ކޮށްދެއްވި ހިދުމަތް އެ ސިޓީގެ ރައްޔިތުން ގަބޫލުކޮށް ބަލަައިގަނެފައިވާ ކަމެވެ. 

"އައްޑޫ ސިޓީއަކީ ޒަމާނުއްސުރެ ތަރައްގީއަށް ލޯބިކުރާ، ތަރައްގީއަކީ ކޮބައިކަން ދަންނަ ރައްޔިތެއް ދިރިއުޅޭ ތަނެއް. ތަހުޒީބީ މުޖުތަމައުތަކާއެކު ދިރިއުޅެ، އެކަމުގެ ތަޖުރިބާ ލިބިފައި ތިބި ވަަރަަށް ފާހަގަކޮށްލެވޭ ރައްޔިތެއް ދިރިއުޅޭ ސިޓީއެއް މިއީ،" އިހުސާން ވިދާޅުވިއެވެ. 

ނަމަަވެސް ސިޓީ ކައުންސިލެއް އުފެދުނު ފަހުން ފެށިގެން އައްޑޫ ސިޓީ ކައުންސިލުގެ އަޣުލަބިއްޔަތު ދިނުމާއެކު، އައްޑޫން އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ހުރިހާ ގޮނޑިއެއްވެސް އެމްޑީޕީއަށް ދެމުން އައިސްފައިވާކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ ބޭނުންވާ މިންވަރުގެ ތަރައްގީއެއް ގެނެވިފައިނުވުމުން އެ ޕާޓީއާމެދު ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ. 

އަދި އެ މާޔޫސީގެ ސަބަބުން ރައީސް ޑރ.މުޢިއްޒު އެދިވަޑައިގެންނެވި ފަދައިން ސަރުކާރު ޖަވާބުދާރީކުރުވުމާއެކު ސަރުކާރުން ގެންނަ ތަރައްގީގެ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކޮށްދެއްވި ކަމަށެވެ. 

ވަޒީރު ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ރައީސް އެދިވަޑައިގަންނަވާ ގޮތަށް ސަރުކާރަށް އެއްބާރުލުންދީ އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ތަރައްގީއާއި ކުރިއެރުން ގެނެސްދޭނެ ކައުންސިލެއް އެ ސިޓީގެ ރައްޔިތުން އިންތިހާބުކޮށްދޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު