ENGLISH

25 މާރިޗު 2026

Advertisement

ދޮރުން ދޮރަށް ހަރަކާތުގައި ރައީސް މިއަދު ވަޑައިގަތީ ހެންވޭރު އުތުރަށް، ގެތަކަށް ޒިޔާރަތްކުރައްވާ ގިނަ ބަޔަކާ ބައްދަލުކުރެއްވި

25 މާރިޗު 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެންވޭރު އުތުރަށް ވަޑައިގަތުން --

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ފަރާތުން ކުރިއަށްގެންދާ ސިލްސިލާ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެންވޭރު އުތުރަށް ވަޑައިގެންފި އެވެ. 

މިއަދުގެ ދޮރުން ދޮރަށް ހަރަކާތުގައި ވެސް ރައީސް ވަނީ ހެންވޭރު އުތުރުގެ ގިނަ ގެތަކަކަށް ޒިޔާރަތް ކުރައްވާފަ އެވެ. އަދި އެ ގެތަކުގައި ދިރިއުޅޭ މީހުންނާއި ބައްދަލު ކުރައްވާ ކަންބޮޑުވުންތައް އަޑުއެއްސެވި އެވެ. ރައްޔިތުންގެ ފަސޭހައަށް  މާލެއަށް ގެންނަވަން ސަރުކާރުން ބޭނުންވާ މުހިންމު ބަދަލުތައް އެމަނިކުފާނު ވަނީ ރައްޔިތުންނާއި ހިއްސާ ކުރައްވާފަ އެވެ.

މީގެ އިތުރުން މަގުމަތީން ބައްދަލްވެވަޑައިގެންނެވި ވަރަށް ގިނަ ރައްޔިތުންނާއި ވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފަ އެވެ. އެެ ރައްޔިތުންގެ ކަންބޮޑުވުންތައް އެއްސެވުމުގައި ވެސް ރައީސް ވަނީ ގިނަ ވަގުތުތަކެއް ހޭދަ ކުރައްވާފަ އެވެ.

މިއަދުގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ބައިވެރިވަޑައިގެންނެވިއެވެ. އަދި، ކޮންގްރެސް ޕާޓީގެ މޭޔަރު ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލާއި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުދާން ބައިވެރިވަޑައިގެންނެވި އެވެ. 

ރައީސް ވަނީ މާލެ ސިޓީގެ 17 ދާއިރާގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތް ކުރިއަށް ގެންދަވާފަ އެވެ. މިހާރު ފައްޓަވާފައިވަނީ ދެވަނަ ބުރެވެ. ކައުންސިލް އިންތިޚާބުގެ ކުރީން މާލޭގެ 17 ދާއިރާގައި ދެ ބުރަށް ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންދަވާނެ އެވެ.

ތިން ވޯޓެއް ހިމެނޭ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. 

ކިޔުންތެރިންގެ ހިޔާލު