ENGLISH
29 މާރިޗު 2026
ރިފަރެންޑަމް ވޯޓާ ދެކޮޅަށް އިދިކޮޅުން ކުރަމުންދާ ކެމްޕެއިނަށް އެއްވެސް ތަރުހީބެއް ނުލިބޭ: ނަރީޝް
25 މާރިޗު 2026
|
ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓާ ދެކޮޅަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުންގެ އެއްވެސް ތަރުހީބެއް ނުލިބޭ ކަމަށް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަދި މާލެ ސިޓީގެ ކުރީގެ މޭޔަަރު، އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
ނަރީޝް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ކޮންގްރެސް ޕާޓީގެ ހެންވޭރު އުތުރު ދޮރުން ދޮރަށް ހަރަކާތުގައި ދެއްވި އިންޓަވިއުއެއްގަ އެވެ.
ނަރީޝް ވިދާޅުވީ އިދިކޮޅުން މި ރިފަރެންޑަމާއި ގުޅިގެން ދައްކަމުންދާ ދެކޮޅު ވާހަކަތަކަށް ރައްޔިތުންގެ އެއްވެސް ތަރުހީބެއް ނުލިބޭ ކަމަށެވެ. އަދި ބޮޑު އާބާދީ އޮތް ރަށްތަކުގައި ވެސް އެމީހުންނަށް މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ވެސް އެއްވެސް ސަޕޯޓެއް ނުލިބޭ ކަމަށެވެ.
މީގެ އިތުރުން ނަރީޝް ވަނީ، ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ތިން އިންތިޙާބު އެއް ދުވަހެއްގައި ބޭއްވުމަށް ވާހަކަދައްކަވާފައިވާކަން ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި މިހާރު ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ތާއީދު ނުކުރަނީ އެއީ ކޮންގްރެސް ޕާޓީން އިސްނަގައިގެން ކުރިއަށް ގެންދާ ކަމެއް ކަމަށް ވާތީ ކަމަށް ވިދާޅުވި އެވެ.
ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ވެސް ބޮޑު އާބާދީއެއް ދެ އިންތިހާބު އެއް ދުވަހުގައި ބޭއްވުމަށް ތާއީދު ކުރާކަން ފާހަގަވި ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އޮންނަ ދުވަހު އެވެ. އެއީ އޭޕްރީލް 4 ވަަނަ ދުވަހު އެވެ.