ENGLISH
25 މާރިޗު 2026
ތުއްތުކުދިން ފޮސްޓާކުރާ ސިވިލް ސާވެންޓުންނަށް ޗުއްޓީއެއް ހަމަޖައްސައިދޭން ނިންމައިފި
25 މާރިޗު 2026
|
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމު
އެންމެ މަޤްބޫލު
ކޮންމެ ކުއްޖަކަށް އާއިލާއެއް ހަމަޖައްސައިދިނުމުގެ ސިޔާސަތުގެ ތެރެއިން އަލަށް އުފަންވާ ތުއްތުކުދިން ފޮސްޓާކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް މެޓާނިޓީ އަދި ޕެޓާނިޓީ ލީވް ހަމަޖައްސައިދިނުމަށް ނިންމާފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސްގެ އެކި ބައްދަލުވުންތަކުގައި ފޮސްޓާކުރާ ބެލެނިވެރިން ފާހަގަކުރެއްވި އެއް ކަންބޮޑުވުމަކީ ވިހެއުމަށްފަހު ނުވަތަ ނިކިއު ތެރޭގައި ތިބޭ ކުދިންނާ ހަވާލުވާންޖެހޭއިރު އެ ކުދިން ހޮސްޕިޓަލުގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި އެ ކުދިން ފޮސްޓާކުރާ ބެލެނިވެރިންނަށްް މެޓާނިޓީ ނުވަތަަ ޕެޓާނިޓީ ލީވް ނުލިބުމެވެ. އަދި ވަޒީފާއަށް ދަމުން ހޮސްޕިޓަލުގައި އެހައި ގިނަ ވަގުތު ހޭދަކުރަންޖެހޭތީ އެކަމުން ކުރިމަތިވާ ދަތިތަކުގެ ވާހަކަ ފޮސްޓާކުރާ ބެލެނިވެރިން ރައީސާ ހިއްސާކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އާއްމު ގޮތެއްގައި ވިހެއުމުގެ ތެރެއިން ސިވިލް ސާވިސްއިން އެބަ ލިބޭ މެޓާނިޓީ ލީވަކާއި ޕެޓާނިޓީ ލީވްއަކާ. އެ މަޝްވަރާތަކަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ސިވިލް ސާވިސްގައި ކުރެވުނު މަޝްވަރާތަކާ ގުޅިގެން އޭޕްރީލު މަހަށްފަހު ފޮސްޓާކުރާ ފަރާތްތަކަށްވެސް ހާއްސަ ޗުއްޓީ، ހާއްސަ ލީވްއެއް ލިބޭ ގޮތަށް ހަމަޖެހިފައި އެއޮތީ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިގޮތަށް އަލަށް އުފަންވާ ތުއްތުކުދިންނާ ހަވާލުވާ މީހުންނަށް ސިވިލް ސާވިސްގެ ތެރެއިން ޗުއްޓީއެއް ހަމަޖެހިގެން ދިއުމަކީ އެފަދަ ކުދިންނާ ހަވާލުވާ ބެލެނިވެރިންނަށް ލިބުނު ވަރަށް ބޮޑު ލުޔެއް އަދި އެހައިމެ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އަލަށް އުފަންވާ ކުދިންނާ ހޮސްޕިޓާ ތެރެއިން ހަވާލުވާ މީހުން ނޫނަސް، އެކި އުމުރުގެ ކުދިންނާ ހަވާލުވާ މީހުންނަށް އެ ކުދިންނާއެކު ގާތް ގުޅުމެއް އުފައްދައި ލޯބިވެރި ގުޅުމެއް ބިނާކުރުމަށް ވަގުތު ނަގާނެކަން ފާހަގަކުރައްވަމުން ޑރ.ޢާއިޝަތު ޝިހާމު ވިދާޅުވީ އެފަދަ ކުދިންނާ ހަވާލުވާ ބެލެނިވެރިންނަށްވެސް ކޮންމެވެސް ކަހަލަ ޗުއްޓީއެއް ހަމަޖައްސައިދިނުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ.
"އެހެންވީމާ އިރާދަކުރެއްވިއްޔާ އެ ފޮސްޓާކުރާ ފަރާތްތަކަށްވެސް ލީވެއްގެ ކަންތައްވެސް ދެކެވިގެން ހަމަޖެހޭ. އަޅުގަނޑުމެން މިނިސްޓްރީން ވަރަަށް މުހިއްމު ކަމެއްގެ ގޮތުގައި އަދި އެ ދެބައިމީހުންގެ ގުޅުމަށް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި 152 ކުދިން ތިބިއިރު، 111 ކުއްޖަކަށް ފާއިތުވި ދެ އަހަރެއްހައި މުއްދަތުގެ ތެރޭގައި އާއިލީ ވެށި ހޯދައިދެވިފައިވެއެވެ.