ENGLISH
25 މާރިޗު 2026
ވައިކަރަދޫގައި 50 ހައުސިން ޔުނިޓު އަޅަން އެޗްޑީސީއަށް
25 މާރިޗު 2026
|
ވައިކަރަދޫގައި 50 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ؛ ގެދޮރުވެރިކަމާ ބެހޭ ވުޒާރާ.
އެންމެ މަޤްބޫލު
ހދ. ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއެކު ސޮއިކޮށްފި އެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދު ކަމަށެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރު އެވެ.
މި މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފައިވަނީ 480 ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ވައިކަރަދޫގައި އެޅުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓްގެ 50 ހައުސިން ޔުނިޓެވެ.
ތިލަދުންމަތީ ދެކުނުބުރީގެ މީހުން އުޅޭ ރަށްރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ވައިކަރަދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ވައިކަރަދޫގެ ތަރައްގީއަށް އެކި ދާއިރާތަކުން، ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ.