ENGLISH
25 މާރިޗު 2026
ވީއައިއޭގެ އައު ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީތަކަށް އަރާ ފޭބޭ ގޮތަށް ބަދަލުކޮށްފި
25 މާރިޗު 2026
|
ވީއައިއޭ ގެ އައު ޓާމިނަލް ސަރަހައްދު. ފޮޓޯ: ދައުރު
އެންމެ މަޤްބޫލު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް ދޭއް ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ވެލާނާ އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާރމިނަލް ދޭއް ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މިއަދުން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ގެނެވިފައިވާކަމަށެވެ.
އެ ބަދަލުތަކުގެ ތެރެއިން މިއަދު ހެނދުނު 10.00 އިން ފެށިގެން، ޓަރމިނަލް ދޭއް ގެ ކުރިމަތިން ވާ ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއްކަމުގައި ވަނީ ކަނޑައަޅާފަ އެވެ.
މި އިންތިޒާމުގެ ދަށުން ޓާމިނަލް ދޭއްގެ އެރައިވަލްގެ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި މި ސަރަހައްދުގައި ފަހަރަކު ހަތަރު ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި ޓަމިނަލް ދޭއްގެ ޑިޕާޗާ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށްޓަކައި ހާއްސަ ކުރެވިފައިވާ ސަރަހައްދު ކަމަށާއި މި ސަރަހައްދުގައި ފަހަރަކު ފަސް ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައިވާނެ ކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.
އެ ކުންފުނިން ބުނީ މި ގެނެވުނު ބަދަލުތަކަށް އަހުލުވެރިކޮށް ޓްރެފިކް ފްލޯ މެނޭޖްކުރުމަށްޓަކައި ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.