ENGLISH
24 މާރިޗު 2026
އައްޑޫސިޓީން ފަސްޓް ލޭޑީއަށް ހޫނު މަރުހަބާއެއް
24 މާރިޗު 2026
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އައްޑޫސިޓީއަށް ވަޑައިގެންނެވުން --
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އައްޑޫ ސިޓީއަށް ވަޑައިގަތުމާއެކު އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން އެކަމަނާއަށް ހޫނު މަރުހަބާއަށް ދަންނަވައިފި އެވެ.
ފަސްޓް ލޭޑީ ސާޖިދާ މިރޭ އައްޑޫ ސިޓީއަށް ވަޑައިގެންނެވީ ފުވައްމުލަކު ސިޓީއާއި ތިނަދޫ ސިޓީއަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ.
އައްޑޫ ސިޓީން ފަސްޓްލޭޑީއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެއާޕޯޓް ސަރަޙައްދުގައި އެކަމަނާގެ އިސްތިޤްބާލުގައި ވަރަށް ގިނަ ބަޔަކު ތިއްބެވެ. އެކަމަނާ ވަނީ އެ ރައްޔިތުންނާއި ސަލާމް ކުރައްވާފަ އެވެ.
އައްޑޫ ސިޓީގައި މިރޭ ޚާއްސަ ބާބެކިއުއެއް އޮންނާނެ އެވެ. އެ ހަރަކާތުގައި ވެސް ފަސްޓްލޭޑީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ފުވައްމުލަކު ސިޓީއާ ތިނަދޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ ދެ ސިޓީގެ މޭޔަރު އަދި ކައުންސިލުގެ މެންބަރުކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި މެންބަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު އެކަމަނާ ވަނީ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން އެކި ގެތަކަށް ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތުގައި އެކަމަނާ ވަނީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ވެސް ބައްދަލުކުރައްވާފައެވެ. އެ ބޭފުޅުންނާ ބައްދަލުކުރައްވައި، ކެންޑިޑޭޓުންނާ ކެމްޕެއިނާ ގުޅޭ ގޮތުން އެކަމަނާ މަޝްވަރާކުރެއްވި އެވެ.