ENGLISH
24 މާރިޗު 2026
އެމްޑީޕީގެ ވެރީން ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކުރީ އެގޮތް ފައިދާ ބޮޑުވީމަ
24 މާރިޗު 2026
|
ނަޝީދު (ކ) ދިޔާނާ ސަޢީދު (މ) ސޯލިހް (ވ)
އެންމެ މަޤްބޫލު
އެމްޑީޕީގެ ފަރާތުން މި ޤައުމުގައި ވެރިކަން ކުރެއްވި ދެ ރައީސުން ވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރައްވާފައިވާ ކަމަށާ އެއީ ޤައުމަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު, ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއީދު ކުރައްވާކަން ކުރީން ހާމަކުރެއްވި ދެ ޕޯސްޓް ހިމަނުއްވާ ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ސޯލިހް ވަނީ ތިން އިންތިޚާބު އެކުއެކީގައި ބާއްވަން ފެންނަ ކަމަށް ވިދާޅުވެފަ އެވެ. ސޯލިހް އެ މޭރުމުން ވާހަކަފުޅު ދެއްކެވީ 19 ވަނަ މަޖިލީހުގެ ކެމްޕެއިން ތެރޭގަ އެވެ. އޭރު ސޯލިހް ވިދާޅުވީ ކަންތައްތައް ކުރިއަށް ގެންދަން ލަސްވަނީ އިންތިޚާބުތައް ވަކިވަކީން އޮތުމުން ކަމަށެވެ.
ކުރީގެ ރައީސް ނަޝީދަކީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރީއްސުރެ ވަކާލާތު ކުރައްވާ ބޭފުޅެކެވެ. ދާދި ފަހުން ވެސް އެ މޭރުމުން ޕޯސްޓެއް ކުރެއްވި އެވެ. ނަމަވެސް ސަރުކާރުން އެ ނިންމުން ނިންމުމުން ކުއްލި އަކަށް އެ ދެ ބޭފުޅުން ވަނީ ކުރީން ދެއްކެވި ވާހަކަތައް މުޅީން ބަދަލު ކުރައްވާ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވެފަ އެވެ.
ދިޔާނާ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެމްޑީޕީގެ ފަރާތުން މި ޤައުމުގައި ވެރިކަން ކުރެއްވި ދެ ރައީސުން ވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރައްވާފައިވާ ކަމަށެވެ. އަދި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޤައުމަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ކޮންގްރެސް ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާ އެމްޑީއޭ އިން ވަނީ ތާއީދު ކޮށްފަ އެވެ.