ENGLISH

24 މާރިޗު 2026

Advertisement

ކައުންސިލް އިދާރާތަކުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދޭ: މިނިސްޓަރު

24 މާރިޗު 2026

|

އަޙުމަދު ޙަމީދު

މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު މައުލޫމާތު ދެއްވަނީ --

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ މަސައްކަތްތައް ޓައިމްލައިނާ އެއްގޮތަށް ކުރިއަށްދާ ކަމަށާ ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބައެއް ރަށްރަށުގެ ކައުންސިލް އިމާރާތްތައް ހުރީ ނިމުމަކާ ވަރަށް ގާތްވެފައި ކަމަށެވެ. އެގޮތުން ބައެއް ކައުންސިލް އިދާރާތައް ހިޔާ ކުރުމުގެ މަަސައްކަތް ފަށާފައިވާ ކަމަށެވެ.

ކައުންސިލް އިދާރާތަކުގެ މަސައްކަތް ނިންމަން އޮތީ ޖުލައި މަހުގެ ނިޔަލަށެވެ. މިނިސްޓަރު ވިދާޅުވީ ޖުލައިގެ ނިޔަލަށް އިމާރާތްތައް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. ކައުންސިލްތަކަށް ފަރުނީޗަރު ފަދަ ތަކެތި ގެންނާނީ ޗައިނާއިން ކަމަށްވުމުން އިތުރު ޑިލޭއެއް ނެތި އެތަކެތިވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް ކަނޑައެޅިފައިވާ ތާރީޚަށް ކައުންސިލް އިދާރާތަކުގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް,"

މިނިސްޓަރު ވިދާޅުވީ ޖާގަ ތަނަވަސް ކައުންސިލް އިދާރާތަކާ އެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ވެސް އިތުރު ފުރުސަތުތައް ފަހިވެ ކޮމެޓީގެ މަސައްކަތްތަކަށް އިތުރު ޖާގަ ތަނަވަސްވެގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.

ކިޔުންތެރިންގެ ހިޔާލު