ENGLISH
23 މާރިޗު 2026
ފަސްޓް ލޭޑީ ތިނަދޫ ސިޓީއަށް ވަޑައިގެން ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފި
23 މާރިޗު 2026
|
ފަސްޓް ލޭޑީ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުން. ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިއަދު ހެނދުނު ތިނަދޫ ސިޓީއަށް ވަޑައިގެން އެ ސިޓީން އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި، ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފިއެވެ.
ފަސްޓް ލޭޑީ މިއަދު ހެނދުނުު ތިނަދޫއަށް ވަޑައިގެންނެވުމުން އެ ސިޓީން އެކަމަނާއަށް ހޫނު މަރުޙަބާއެއް ވަނީ ކިޔައިފައެވެ. ފަސްޓް ލޭޑީއަށް މަރުޙަބާ ކިޔުމަށްޓަކައި ތިނަދޫ ސިޓީގެ ގިނަ އަދަދެއްގެ މީހުން ބަނދަރު ސަރަޙައްދަށް ގޮސްފައިވެއެވެ.
މިއަދު އެކަމަނާ ތިނަދޫ ސިޓީއަށް ވަޑައިގެން ޕީއެންސީގެ ކެންޑިޑޭޓުންނާ ބައްދަލުކުރައްވާފައިވެއެވެ. ކެންޑިޑޭޓުންނާއެކު ކުރިއަށްގެންދެވި ބައްދަލުވުމުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުޙައްމަދު އަޖީބްގެ މެނިފެސްޓޯ ފަސްޓް ލޭޑީ ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ.
ފަސްޓް ލޭޑީ ތިނަދޫ ސިޓީއަށް ވަޑައިގެންނެވުމުން މަރުޙަބާ ކިޔަނީ. ފޮޓޯ: ޕީއެންސީ
ފަސްޓް ލޭޑީގެ ދަތުރުފުޅުގައި ތިނަދޫގައި ދޮރުން ދޮރަށް ހަރަކާތުގައިވެސް ވަނީ ބައިވެރިވަޑައިގެންފައެވެ. މިގޮތުން، ތިނަދޫ ސިޓީގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައި އާއިލާތަކާ ބައްދަލުކުރައްވާފައިވެއެވެ.
ދަތުރުފުޅުގައި ފަސްޓް ލޭޑީގެ އަރިހުގައި ބައެއް ވަޒީރުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވަޑައިގެންފައިވެއެވެ.
ތިނަދޫ ސިޓީއަށް ފަސްޓް ލޭޑީ ވަޑައިގެންނެވިއިރު، އެކަމަނާ މިއަދު ހަވީރު ފުވައްމުލަށް ސިޓީއަށް ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މާލެ ސަރަޙައްދުގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ތިން ވޯޓެއް ހިމެނޭ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.