ENGLISH
23 މާރިޗު 2026
ކޮންގްރެސް ޕާޓީގެ ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ ފަސްޓް ލޭޑީ ހުޅުއްވައިދެއްވައިފި
23 މާރިޗު 2026
|
ކޮންގްރެސް ޕާޓީގެ ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ ފަސްޓް ލޭޑީ ހުޅުއްވައިދެއްވުން. ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ރޭ ހުޅުއްވައިދެއްވައިފިއެވެ.
ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ ގާއިމުކުރީ ލޮނުޒިޔާރަތްމަގުގައި ހުންނަ ހ. ގްރީން މެޑޯގައެވެ.
މި ޖަގަހަ ހުޅުއްވައިދެއްވުމުގެ ޙަފްލާއަށް އެކަމަނާ ވަޑައިގެންނެވުމުން ޕާޓީގެ ލީޑަރިޝިޕުން އެކަމަނާއަށް ހޫނު މަރުޙަބާއެއް ވަނީ ކިޔައިފައެވެ.
ފަސްޓް ލޭޑީގެ ބައިވެރިވެވަޑައިގެން ޖަގަހަ ރަސްމީކޮށް ހުޅުއްވައިދެއްވައި، ޙަފްލާގައި ބައިވެރިވަޑައިގެންފައިވެއެވެ. އަދި، ކެންޑިޑޭޓުންނާއެކު ވަގުތުހޭދަކުރައްވާފައިވެއެވެ.
ކޮންގްރެސް ޕާޓީގެ ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ ފަސްޓް ލޭޑީ ހުޅުއްވައިދެއްވުން. ފޮޓޯ: ޕީއެންސީ
ހެންވޭރު ދެކުނު ޖަގަހަ ހުޅުވުމުގެ ޙަފްލާގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވަޑައިގެންނެވިއިރު، އެކަމަނާ ގެންދަވަނީ ޕާޓީގެ ގިނަ ހަރަކާތްތަކެއްގައި އަމަލީ ގޮތުން ބައިވެރިވަޑައިގަންނަވަމުންނެވެ.
ރޭގެ ޖަގަހަ ހުޅުވުމުގެ ޙަފްލާއަށް ފަހު ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިއަދު ގެންދަވަނީ އަތޮޅުތެރޭގައި ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. މިގޮތުން މިއަދު ހެނދުނު އެކަމަނާ ވަނީ ތިނަދޫ ސިޓީއަށް ވަޑައިގެން އެ ސިޓީގައި ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދަވައި ކެންޑިޑޭޓުންނާއިވެސް ބައްދަލުކުރައްވައިފައެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން އަންނަނީ ވަރަށް ފޯރީގައި ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުންނެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނެ ނުފެންނަ ވޯޓު ނެގުން އޮންނާނީ އޭޕްރީލް ހަތަރު ވަނަ ދުވަހުއެވެ.