ENGLISH
23 މާރިޗު 2026
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި
22 މާރިޗު 2026
|
އިއްޒުއްދިން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ދެމެދު މަގު /ފޮޓޯ:ޕީއެސްއެމް
އެންމެ މަޤްބޫލު
މާލެގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ތެރެއިން ތެރެއިން ފޭސް1ގެ ބާކީ 4 ސެގްމަންޓްގެ ޢަމަލީ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން ސެގްމެންޓް 2 އިން ފެށިގެން ސެގްމެންޓް 5 އާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާޗް 23 ވާ ހޯމަ ދުވަހުއެވެ. އެހެންކަމުން، މިރޭ 00:00 ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނެވި، އާންމު ދަތުރުފަތުރަށް އެ މަގު ބަންދުކުރެވޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
ބޮޑުތަކުރުފާނުގެ މަގު ތަރައްޤީކުރުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި
ފުލުހުން އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ މަސައްކަތް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން، ބަންދުކުރާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިރޭ 00:00 ގެ ކުރިން އެ ސަރަހައްދުން ނެގުމަށެވެ. މި ބަދަލާއެކު މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރަށް ބަދަލުތަކެއް އަންނާނެތީ، ދަތުރުކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ ޗާޓާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަޝްރޫއަކީ މާލޭގެ މަގުތައް ތަރުތީބުކޮށް، ފެންބޮޑުވުމުގެމައްސަލައަށް ހައްލެއް ހޯދައިދިނުމާއެކު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ބަދަލުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ މައާފަށް އެދިފައެވެ. އަދި މިފަދަ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެއެވެ.