ENGLISH
21 މާރިޗު 2026
ކެޔޮދޫގެ ބޭރުން ދަތުރުކުރި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްއެންޑީއެފް
21 މާރިޗު 2026
|
އެންމެ މަޤްބޫލު
ވ.ކެޔޮދޫ ހުޅަނގު ދެކުނުން 2 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި މާރިޗު 20 ވަނަ ދުވަހުގެ ދަންވަރު 00:40 ހާއިރު މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާ އެކު، ކަނޑާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
އެމްއެންޑީއެފްއިން މީޑިއާގައި މިއަދު އާންމުކޮށްފައިވާ މައުލޫމާތުގައި ބުނީ ކަނޑުމަގުން 3450 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ކަނޑު އަޑިން ފީނައިގެން 7000 ސްކޮޔަރ މީޓަރުގެ ސަރަހައްދެއްވެސް ވަނީ ބަލައިފައެވެ.
މިއަދު ވެސް ކަނޑުމަގުންނާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ކެޔޮދޫގެ ބޭރުން ދަތުރުކުރި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްއެންޑީއެފް