ENGLISH

21 މާރިޗު 2026

Advertisement

އައްޑޫގައި ކާރެއް ފުރޮޅާލާ ނުރައްކާތެރި އެކްސިޑެންޓެއް؛ ހަތަރު މީހަކަށް އަނިޔާ، އެކެއްގެ ހާލު ދެރަ

21 މާރިޗު 2026

|

އަޙުމަދު ޙަމީދު

އެކްސިޑެންޓްވީ ކާރު

އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 4:50 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު ކާރުގައި ތިބި ހަތަރު މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. އޭގެ ތެރެއިން ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަނިޔާވި އެންމެންނަށް މިހާރު ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަހުޤީޤެއް ފަށާފަ އެވެ.

އެކްސިޑެންޓާއި ގުޅިގެން ކާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު