ENGLISH
21 މާރިޗު 2026
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އެމްއެމްޓީވީ އިން ދައްކާނެ
21 މާރިޗު 2026
|
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން. --ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
އަންނަ ހޯމަ ދުވަހު ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް އެމްއެމްޓީވީ އިން ވަގުތުން ދައްކާގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ ސާފްގެ ޔޫތު މުބާރާތެއް ރާއްޖޭގައި ބޭއްވިގެންދާ ފުރަތަމަ ފަހަރެވެ.
މި މަހުގެ 23 އިން އޭޕްރީލް މަހުގެ 3 ގެ ނިޔަލަށް މާލޭގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭ ހިމެނޭހެން މުޅިއެކު ހަތް ޤައުމު ވާދަކުރާނެ އެވެ.
މުބާރާތުގެ މެޗު ތާވަލް. --ފޮޓޯ: ސާފް
މުބާރާތުގައި ވާދަކުރާ ހަތް ޤައުމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ރާއްޖޭގެ ޒުވާން ޓީމު ހިމެނޭ ގްރޫޕް އޭ ގައި ދެން އޮތީ ނޭޕާލްއާއި ބޫޓާންގެ އިތުރުން ސްރީ ލަންކާ އެވެ. ގްރޫޕް ބީ ގައި ހިމެނެނީ؛ ބަންގްލަދޭޝް އާއި އިންޑިއާގެ އިތުރުން ޕާކިސްތާން އެވެ.
މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އިންޑިއާ ފިޔަވައި ދެން ހުރި ޤައުމުތަކުން މިއަދާއި މިރޭ މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދެއެވެ. މުބާރާތުގައި ވާދަކުރާ އިންޑިއާ ޓީމު އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 23 ވާ ހޯމަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅޭ މެޗުގައި ނޭޕާލް ބައްދަލުކުރާނީ ބޫޓާނާ އެވެ. ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެ ރޭ ނިކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހަށް ތާވަލްކޮށްފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 3 ވަަނަ ދުވަހުގެ ރޭގަނޑު 8:30 ގަ އެވެ.