ENGLISH
21 މާރިޗު 2026
ޓެކްސީ ލައިނަށް އިތުރު ޑްރައިވަރުން ހޯދަން ހޯމަ ދުވަހު ވޯކް-އިން އިންޓަވިއުއެއް ބާއްވަނީ
21 މާރިޗު 2026
|
އެންމެ މަޤްބޫލު
ޓެކްސީ ލައިންގެ ޚިދުމަތަށް ޑްރައިވަރުން ހޯދުމަށްޓަކައި އަންނަ ހޯމަ ދުވަހު ވޯކް-އިން އިންޓަވިއު ބާއްވާނޭކަން އެމްޓިސީސީން އިއުލާނުކޮށްފިއެވެ.
ޑްރައިވަރުކަމުގެ ވަޒީފާއަށް އެދި ހުށެހެޅުމުގެ ފުރުސަތު 23 މާރިޗު 2026 އާ ހަމައަށް އޮންނާނޭ ކަމަށް އެމްޓިސީސީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
ވޯކް-އިން އިންޓަވިއުތައް ކުރިއަށްދާނީ މާރިޗު 23 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 ހަމައަށް މާފަންނު ބަސް ޓާމިނަލްގައެވެ. އިންޓަވިއުއަށް ދާއިރު، މުއްދަތު ހަމަނުވާ އައިޑީ ކާޑާއި ޑްރައިވިން ލައިސަންސް ގެންދަންޖެހެއެވެ.
މިއަހަރު ޖަނަވާރި މަހުގައިވެސް އެމްޓީސީސީއިން ވަނީ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ބާއްވާފައެވެ. އެގޮތުން އެ ކުންފުނިން އެފަހަރު ބޭއްވި އިންޓަވިއުގައި ޖުމްލަ 407 ޑްރައިވަރުން ހޯދުމަށް ފުރުސަތު ހުޅުވިއެވެ. އެއީ 122 ޕާޓް ޓައިމް ވަޒީފާއާއި 285 ފުލް ޓައިމް ވަޒިފާއެވެ.
ސަރުކާރުން ފަށާފައިވާ ޓެކްސީ ލައިންގެ ޚިދުމަތް ދޭނީ އެމްޓީސީސީ އިންނެވެ.
ސަރުކާރުން މި ޚިދުމަތް ތަޢާރަފް ކޮށްފައިވަނީ އާންމުންނަށް ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، އިތުބާރު ހުރި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށެވެ.