ENGLISH

21 މާރިޗު 2026

Advertisement

އޭދަފުށީގެ ފިއުލް ސްޓޭޝަންގެ ޚިދުމަތް ފަށައިފި

21 މާރިޗު 2026

|

ސުވެއިދާ ހުސެއިން

ބ. އޭދަފުށީގައި ގައިމްކޮށްފައިވާ ފިއުލް ސްޓޭޝަން ގެ ޚިދުމަތް ފެށުން--

ބ. އޭދަފުށީގައި ގައިމްކޮށްފައިވާ ފިއުލް ސްޓޭޝަން ގެ ޚިދުމަތް ފަށައިފިއެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވީއިރު މަސްވެރިންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކަކާއި ޝަކުވާތަކެއް އޮތެވެ. އޭގެތެރެއިން އެއް ޝަކުވާއަކީ، އަތޮޅުތެރެއިން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމްތަކެއް ހަމަޖެހިފައި ނެތުމެވެ.

 އެއާއިއެކު ސަރުކާރުން ވަނީ މުޅި ރާއްޖޭގައި އެސްޓީއޯ ރޭޓުގައި މަސްވެރިންނާއި އާއްމު ރައްޔިތުންނަށް ތެޔޮ ލިބޭނެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުއެއް ފަށާފައެވެ. 

އެސްޓީއޯއިން ފެށި މި މަސައްކަތުގެ ތެރެއިން  ބ.އޭދަފުށީގައި ގާއިމުކޮށްފައިވާ، ފިއުލް ސްޓޭޝަން ޚިދުމަތް މިވަނީ ފަށާފައެވެ.

މި މަޝްރޫޢުގެ ދަށުން 18 ފިއުލް ސްޓޭޝަން ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 4 ފިއުލް ސްޓޭޝަނެއް ނިންމާ ޚިދުމަތް ދޭންވަނީ ފަށާފައެވެ. އެއީ ރ. ދުވާފަރު ، ހދ. ހަނިމާދޫ، ހއ. އިހަވަންދޫ، އަދި  މިއަދު ހިދުމަތް ފެށި، ބ. އޭދަފުށި ފިއުސް ސްޓޭޝަނެވެ. 

މީގެއިތުރުން  ށ. މިލަންދޫގައި ޤާއިމްކުރާ ފިއުލް ސްޓޭޝަންގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

އަދި މަސައްކަތް ކުރަމުންދަނީ ފ. ނިލަންދޫގައި ޤާއިމްކުރާ ފިއުލް ސްޓޭޝަންގެ މަސައްކަތްކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.  

ކިޔުންތެރިންގެ ހިޔާލު