ENGLISH
21 މާރިޗު 2026
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ހަތަރު މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
21 މާރިޗު 2026
|
ކަސްޓަމްސްއިން ވަނީ މަސްތުވާތަކެތި ހިމެނުނު ޕެކޭޖެއް އަތުލައިގެންފަ.ފޮޓޯ: ކަސްޓަމްސް
އެންމެ މަޤްބޫލު
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ހަތަރު މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
އިތުރު ތަފްސީލު ދެމުން ކަސްޓަމްސްއިން ބުނީ މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ގަން އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައި ވާކަމަށެވެ.
އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެތަމްފެޓަމައިން ކަމަށާއި، މި ތަކެތީގެ ބަރުދަނުގައި 2080 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
ކަސްޓަމްސްއިން ބުނީ މި ތަކެތީގެ މަަގުމަތީއަގު 4,160,000 (ހަތަރު މިލިއަން އެއް ލައްކަ ފަސްދޮޅަސް ހާސް) ދިވެހި ރުފިޔާއަށް އަރާ ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އިން އަންނަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.