ENGLISH
21 މާރިޗު 2026
ގދ. ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި
21 މާރިޗު 2026
|
ގދ. ވާދޫގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ، އާރުޑީސީ
އެންމެ މަޤްބޫލު
ގދ. ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އާރުޑީސީން ފަށައިފިއެވެ.
މި މަސައްކަތް މިމަހުގެ 17 ވަނަ ދުވަހު ފަށާފައިވާކަމަށް އާރުޑީސީ އިން ވަނީ ބުނެފައެވެ.
ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް އާރުޑީސީ އާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އެކިއެކި ސަބަބުތަކާއި ހެދި އެމަސައްކަތް އޮތީ ނުފެށިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން 2025 ޖެނުއަރީމަހު ގދ. ވާދޫއަށް ވަޑައިނަވައި، އެރަށުގައި ނުފެށިއޮތް މަގު ހެދުމުގެ މަޝްރޫއު ފައްޓަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ގދ. ވާދޫގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ، އާރުޑީސީ
އާރުޑީސީން ބުނިގޮތުގައި ގދ. ވާދޫގެ މަގުތައް ހެދުމުގެ މަޝްރޫއު ގެތެރެއިން ޖުމްލަ 6 މަގެއް ހެދުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތަށް ބޭނުންވާ ސާވޭތައްކޮށް،ޑިޒައިންކޮށް،އީއައިއޭ ވަނީ ހަދާފައެވެ. އަދި މިހާރު އަމަލީ މަސައްކަތައް މިވަނީ ފަށާފައެވެ.
މި މަޝްރޫއުގެ ތެރެއިން ކުރާނެ މަސައްކަތްތައް:
މީގެ އިތުރުން މަގުބައްތިތަކަށް ބޭނުންވާ ފައުންޑޭޝަން އެޅުމާއި، ބައްތިތައް ހަރުކުރުމުގެ އިތުރުން އެކަމަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުމުގެ އެންމެހައި މަސައްކަތްތައް ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ޖުމްލަ އަގަކީ 99,433,642.98 ދިވެހި ރުފިޔާއެވެ.
.