ENGLISH

21 މާރިޗު 2026

Advertisement

ބާކީ ނުކުރާ މުޖުތަމައެއް ބިނާ ކުރުމަކީ ފަރުދީ ޒިންމާއެއް: ފަސްޓް ލޭޑީ

21 މާރިޗު 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު

ބާކީ ނުކުރާ މުޖުތަމައެއް ބިނާ ކުރުމަކީ ފަރުދީ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ސޯޝަލް މިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. 

ދުވަހާ ގުޅިގެން އެކަމަނާ ވިދާޅުވީ ދިރިއުޅުމުގެ ކަންކަން އެކި މީހުން ތަޖުރިބާކުރާ ގޮތް ތަފާތުކަމަށާއި އެއީ ބަލިކަށިކަމެއް ނޫން ކަމަށެވެ.

"އޭގެ ބަދަލުގައި، މިއީ އަހަރެމެންގެ މި ދުނިޔެއަށް އިތުރު ފުރިހަމަކަމާއި ރީތިކަން ގެނެސްދޭ ކަމެކެވެ." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު

ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް މުޖުތަމައުން ބާކީވުމާއި އެކަނިވެރިކަމާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް، އެ ފަރާތްތަކަކީ ލޯތްބާއި، އޯގާތެރިކަމުގެ އިތުރުން ކެތްތެރިކަމުގެ ނަމޫނާ ބައެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފަ އެވެ. 

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރަމުންދާއިރު، ކޮންމެ މީހަކީވެސް ބަލައިގަނެވޭ، އަގުވަޒަންކުރެވޭ، އަދި އެންމެންގެ ތެރޭގައި ޝާމިލުވެވޭނެ ފަދަ މާހައުލެއް ބިނާކުރުމަށް އަޒުމް ކަނޑައެޅުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

" ކޮންމެ ވަގުތަކުވެސް އެކަކު އަނެކަކަށް އިހުތިރާމާއެކު މުއާމަލާތްކޮށް، ހޭލުންތެރިކަން އިތުރުކޮށް، އެއްވެސް މީހަކީ ބާކީވެފައިވާ މީހެއް ކަމުގައި އިހުސާސް ނުވާނެ ފަދަ މުޖުތަމައެއް ބިނާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާއެކެވެ." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު

ބާކީ ނުކުރާ މުޖުތަމައެއް ބިނާ ކުރުމަކީ ފަރުދީ ޒިންމާއެއްކަން ހަނދާންކޮށްދެމުން މުޖުތަމައުގައި ޝާމިލުވުމަކީ ކޮންމެ އިންސާނަކަށް ލިބިގެންވާ ހައްގެއްކަމަށް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ. 

ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައެވެ. މިއަހަރު ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރަކަށް އދ. އިން ކަނޑައަޅާފައިވަނީ ޝިއާރަކީ "އެކަނިވެރިކަމާ ދެކޮޅަށް އެކުގައި" އެމި ޝިއާރެވެ. 

ޑައުން ސިންޑްރޯމް ހުންނަ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭއިރު ވަޒީފާގެ މައިދާނުގައްޔާއި ތައުލީމު އުނގެނުމުގައި ފަސޭހަ ގޮތްތަކެއް އެ މީހުންނަށް ފަހިކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން ނެވެ.  

ކިޔުންތެރިންގެ ހިޔާލު