ENGLISH

21 މާރިޗު 2026

Advertisement

އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުގެ ސިޔާސަތު: ރައީސް

21 މާރިޗު 2026

|

އައިމިނަތު ޝަފާ

ރައީސް ދަރިވަރުންނާއެކު. ޝާމިލު މުޖުތަމައެއް ބިނާ ކުރުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް ވިދާޅުވި.

އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ސޯޝަލް މިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. 

ރައީސް ވިދާޅުވީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ފެންނާންހުރި އިރުޝާދުތަކާއި ޢިބްރަތްތެރި ޙާދިސާތަކުގައި، މުޖްތަމަޢުގެ ޚާއްޞަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކޮންމެ މީހަކާމެދު އޯގާތެރިކަން އިސްކޮށް އިޙްސާންތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ މުހިންމުކަން ހާމަވާކަމަށެވެ،. އަދި އެކަމަށް އޮތް ބޮޑު ދަރުމައާއި އަޖުރު ވެސް ބަޔާން ވެގެންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"މުސްލިމަކަށް ވީތީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ޞަދަޤާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަޚަކާއި އުޚްތަކަށްމެ އަޅައިލުން." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަަދު މުއިއްޒު

ދިވެހި މުޖްތަމަޢުގައި، ޑައުން ސިންޑްރޯމްގެ އެކި ޙާލަތު ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކާއި މީހަކަށް ހެޔޮކޮށް ހިތުމަކީ މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ މުޖުތަމައުގެ ހުރިހާ އަފްރާދުން ވެސް އުފުލަންޖެހޭ މަސްއޫލިއްޔަތެއްކަމަށް ރައީސް ވިދާޅުވި އެވެ. 

އަދި މިއަހަރު، ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރުން ލިބިދޭ މެސެޖަކީވެސް އެފަދަ އެއްވެސް ފަރާތެއް މުޖްތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދިނުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މި ސަރުކާރުން އިސްނަގައިގެން މިދިޔަ 28 މަސްދުވަހުގެ ތެރޭގައި މިއަމާޒަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް، އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަށް ވެގެންދާނެ ކަމަށެވެ. 

ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައެވެ. މިއަހަރު ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރަކަށް އދ. އިން ކަނޑައަޅާފައިވަނީ ޝިއާރަކީ "އެކަނިވެރިކަމާ ދެކޮޅަށް އެކުގައި" އެމި ޝިއާރެވެ.

ކިޔުންތެރިންގެ ހިޔާލު