ENGLISH
21 މާރިޗު 2026
ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
21 މާރިޗު 2026
|
އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑާއި ގުޅުވާފައިވާ ހަކަތަ އުފައްދާ މަރުކަޒުތައް.
އެންމެ މަޤްބޫލު
އެމެރިކާއާއި އިސްރާއީލުން އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑާއި ގުޅުވާފައިވާ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ހަކަތައާ ގުޅުންހުރި އުމްރާނީ ވަސީލަތްތަކަށް ދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަހައްދީ ހަމަޖެހުން ގެއްލި ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
އަދި ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް އަދި ގަތަރާއި ކުވެއިތުގެ ހަކަތައާ ގުޅުންހުރި ވަސީލަތްތަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތައް ވެސް ދިވެހިރާއްޖެއިން ވަނީ ކުށްވެރިކޮށްފަ އެވެ. މިފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށް ދޭ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އިތުރަށް ބުރޫއަރަމުންދާކަމަށާއި އަދި ތެޔޮ އުފައްދާ މަރުކަޒުތަކާއި، ފެން އުފައްދާ ކާރުޚާނާތަކާއި އެއާޕޯޓު ފަދަ މުހިންމު ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ކަށަވަރުކުރުމަށް ބަޔާނުގައި ވަނީ ގޮވަލާފަ އެވެ.
ބަޔާން ނިންމާލަމުން ދިވެހި ސަރުކާރުން ވަނީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި ސުލްހައިގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ގޮވާލާފަ އެވެ.