ENGLISH

20 މާރިޗު 2026

Advertisement

ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަސް ލައްކަ ރުފިޔާ ޣައްޒާގެ ރައްޔިތުންނަށް

20 މާރިޗު 2026

|

އައިމިނަތު ޝަފާ

ލަޞްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާ އެސޯސިއޭޝަނާ ޒަކާތު ފައިސާ ހަވާލުކުރުން. ފޮޓޯ: ޒަކާތު ހައުސް

ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަލަޞްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސް ލައްކަ ރުފިޔާ ހަވާލުކޮށްފި އެވެ. 

ޒަކާތު ހައުސްއިން ބުނީ ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަލަޞްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 500،000 ރުފިޔާ  އިސްރާ އެސޯސިއޭޝަނާ ރޭ ހަވާލުކޮށްފައި ވާކަމަށެވެ.

އަދި ‏ދަތި ޙާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިވުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގައި ގާއިމުކޮށްފައިވާ އިޖުތިމާޢީ ޓްރަސްޓް ފަންޑަށް 423,749 ރުފިޔާ ޖަމާކުރުމަށް އެ ވުޒާރާއާ ވެސް ހަވާލުކުރެވިފައިވާކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.

‏ދަތި ޙާލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާ ޒަކާތު ފައިސާ ހަވާލުކުރުން. ފޮޓޯ؛ ޒަކާތު ހައުސް

މި އަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ފައިސާއިން ލިބިފައިވަނީ 15،009،749 (ފަނަރަ މިލިއަން ނުވަހާސް ހަތްސަތޭކަ ސާޅީސް ނުވަ) ރުފިޔާއެވެ.

މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދަކީ ފާއިތުވި ތިން އަހަރު ލިބުނު ފައިސާގެ އަދަދަށްވުރެ ގިނަ އަދަދެކެވެ. 

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމާ ގުޅިގެން މި އަހަރު ފަގީރުންނާއި މިސްކީނުންނަށް ފިތުރު ޒަކާތުގެ ގޮތުގައި ބެހި ފައިސާގެ އަދަދުވެސް އިތުރުވެފައިވެއެވެ. އެގޮތުން ހަމަހަމަައަށް ޒަކާތުގެ ފައިސާ ބެހުމަށް ނިންމި އުސޫލުގެ ދަށުން މި އަހަރު ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 6،000 ރުފިޔާގެ މަގުން ފިތުރު ޒަކާތުގެ ފައިސާ ބަހާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު