ENGLISH

20 މާރިޗު 2026

Advertisement

ފިޠުރު ޢީދު ބަންދަށްފަހު ސަރުކާރު އޮފީސްތައް ހުޅުވާނީ އަންނަ ހޯމަ ދުވަހު

20 މާރިޗު 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް. ފޮޓޯ: ވޮއިސް

ބަރަކާތްތެރި ފިޠުރު ޢީދުގެ ބަންދަށް ފަހު އަންނަ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ބަރަކާތްތަެރި ރަމަޟާންމަހާއި ފިޠުރު ޢީދު ބަންދާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރީ މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ނެވެ.

ރަމަޟާން މަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރަނީ، 1445 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުއްވި ދެންނެވުމުން ހަމަޖައްސަވައިފައިވާތީ އެވެ.

ރައީސް އޮފީހުން ބުނީ މި ފެށުނު ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ފަރާތުން ހަމަޖައްސަވާފައި ވާކަމަށެވެ.

ވުމާއެކު މި ފެށޭ ހަފުތާގައި ވެސް ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ، ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް އެ އޮފީހުން ހާމަކުރެ އެވެ. 

ކިޔުންތެރިންގެ ހިޔާލު