ENGLISH
20 މާރިޗު 2026
ބީއެމްއެލްގެ އީދު ސައި މުޅި ރާއްޖޭގައި
20 މާރިޗު 2026
|
ބޭންކުގެ އީދު ސައިގެ ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ؛ ބޭންކް އޮފް މޯލްޑިވްސް
އެންމެ މަޤްބޫލު
ގައުމީ ބޭންކް- ބޭންކް އޮފް މޯލްޑިވްސްއިން ފިޠުރު ޢީދު ދުވަހުގެ އުފާ ފާޅުކޮށް މުޖުތަމަޢުގެ ގުޅުން
ބަދަހިކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޢީދު ސައި ބާއްވައިފި އެވެ.
ބޭންކުން ބުނީ ޢީދު ސައިގެ ހަރަކާތްތައް ބާއްވާފައި ވަނީ ބީއެމްއެލްގެ ބްރާންޗްތައް ގާއިމުކޮށްފައިވާ 33 ރަށުގައިކަމަށެވެ.
ބީއެމްއެލްއިން މި ރަށްތަކުގައި ޢީދު ސައި ބާއްވާފައި ވަނީ ރަށު ކައުންސިލްތަކާއި ޖަމިއްޔާ
ޖަމާއަތްތަކާ ގުޅިގެން ނެވެ. ބޭންކުން ބުނީ މި ހަރަތާކުގެ ތެރެއިން އާއިލާތަކާއި ރަށުގެ ރައްޔިތުންނަށް އެކުގައި ބައިވެރިވެ، އުފާފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދޭ ފަދަ އެކުވެރި މާހައުލެއް ގާއިމުކޮށްދެއްވިފައި ވާކަމަށެވެ.
ދެ ހާސް ނަވާރަ ވަނަ އަހަރުން ފެށިގެން ބޭންކުން އަންނަނީ އެކި ރަށްރަށުގައި ޢީދު ސައިގެ ހަރަކާތްތައް
ބާއްވަމުން ނެވެ.
މިއީ މުޅި ރާއްޖޭގައި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ބޭންކުން ދެމުންގެންދާ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.