ENGLISH
20 މާރިޗު 2026
ހެންވޭރު ޓާމިނަލްގެ އަތޮޅު ފެރީގެ ހިދުމަތް ވިލިމާލެ އާއި ހުޅުމާލެ ޓާމިނަލަށް
20 މާރިޗު 2026
|
ބޮޑުތަކުރުފާނު މަގު.
އެންމެ މަޤްބޫލު
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހި ފެށުމަށް ތައްޔާރުވަމުން އަންނާތީ ހެންވޭރު ޓާމިނަލަށް ކައިރިކުރާ އަތޮޅު ފެރީތަކުގެ ހިދުމަތް މާފަންނު ފެރީ ޓާމިނަލް "ވިލިމާލެ ފެރީ ޓާމިނަލް" އާއި ހުޅުމާލެ ފެރީ ޓާމިނަލަށް ބަދަލުކުރަން އެމްޓީސީސީން ނިންމައިފި އެވެ.
މިކަން ހާމަކޮށް އެ ކުންފުނިން ބުނީ މި ބަދަލު ގެންނާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަަމަށެވެ. ވުމާއެކު ހޯމަ ދުވަހުން ފެށިގެން ހެންވޭރު ޓާމިނަލުން ފުރާ އަތޮޅު ފެރީތައް ލަފާ ފުރާނީ މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލޭ ފެރީ ޓާމިނަލުން ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
މި ބަދަލާ ގުޅޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން ނަމްވަރު 1650 އަށް ގުޅުމުން ލިބޭނެ އެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކުރުމަށް އެ ސަރަހައްދުގެ ފަޅު ބަންދުކުރަން ވަނީ ނިންމައިފަ އެެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގިކުރުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު އަންނަނީ ބޭނުންކުރަމުން ނެވެ.
މި މަޝްރޫއަށް ސަރުކާރުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.