ENGLISH
20 މާރިޗު 2026
އިސްލާމީ ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަަކުގެ ވެރިންނަށް އީދުގެ ތަހުނިޔާ ރައީސް ވިދާޅުވެއްޖެ
20 މާރިޗު 2026
|
ޖަމާއަތުގައި ކުރެވުނު އީދު ނަމާދަށްފަހު އާއްމުންނާ ރައީސް ސަލާންކުރައްވަނީ
އެންމެ މަޤްބޫލު
އިސްލާމީ ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ ވެރިންނަށް 1447 ވަނަ އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރައްވައިފިއެވެ.
އިސްލާމީ ގައުމުތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ރައީސްވަނީ ގައުމުތަކުގެ ވެރިންނާއި ސަރުކާރުތަކާައި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އީދުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވާފައެވެ.
އެމަނިކުފާނުގެ މެސެޖުގައި ފިތުރު އީދަކީ ގާތްތިމާގެ މީހުންނާއި، އަވައްޓެރިންނާ އެކުގައި އީދުގެ އުފާ ފާޅުކުރުމުގެ ތެރެއިން މުސްލިމުންގެ ގުޅުންތައް ބަދަހިވާ ދުވަހެއް ކަމުގައި ވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވި ގޮތުގައި އީދަކީ އީމާންކަން ހަރުދަނާވެ، ﷲގެ ރަހުމަތުން ފުރިގެންވާ އުފާވެރި ދުވަހަކަށްވާނެ ކަމުގައި އުންމީދު ކުރައްވާ ކަމަށެވެ.
އަދި މިއީދަކީ މާތްﷲގެ ހެޔޮ ރަހުމަތް އިތުރުވުމާއެކު، މުސްލިމު އުންމަތުގައި އޮންނަ އަޚަވަންތަކަމުގެ ރޫހު އިތުރަށް ބަދަހިވާނެ ދުވަހެއް ކަމުގައިވުމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.