ENGLISH

20 މާރިޗު 2026

Advertisement

ފިތުރު ޒަކާތުގެ ގޮތުގައި ރެކޯޑު އަދަދަކަށް ފައިސާ ލިބުނު

20 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ފިތުރު ޒަކާތް ބަލައިގަތުން

މި އަހަރުގެ ރަމަޟާން މަހު ފާއިތުވި ތިން އަހަރާ އަޅާބަލާއިރު ރެކޯޑު މިންވަރަކަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިތުރުވެފައިވާކނަް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާަބުތަކުން ދައްކައިފިއެވެ. 

ޒަކާތު ހައުސްއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 13،573،885 (ތޭރަ މިލިއަން ފަސްލައްކަ ހަތްދިހަ ތިންހާސް އަށްސަތޭކަ އަށްޑިހަ ފަސް) ރުފިޔާއެވެ. 

މި އަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ފައިސާއިން ލިބިފައިވަނީ 15،009،749 (ފަނަރަ މިލިއަން ނުވަހާސް ހަތްސަތޭކަ ސާޅީސް ނުވަ) ރުފިޔާއެވެ. އެއީ ނިމުނު އަހަރު ފައިސާއިން ލިބުނު ފިޠުރު ޒަކާތަށްވުރެ 10.5 އިންސައްތަ އިތުރު އަދަދެކެވެ. 

2024 ވަނަ އަހަރު ފިޠުރު ޒަކާަތުގެ ގޮތުގައި 12.5 މިލިއަން ރުފިޔާަ އަދި 2023 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 12.6 މިލިއަން ރުފިޔާ ލިބުނެވެ. 

މި ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދަކީ ފާއިތުވި ތިން އަހަރު ލިބުބު ފައިސާގެ އަދަދަށްވުރެ ގިނަ އަދަދެކެވެ. އަހަރުން އަހަރަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިތުރުވަމުންދާައިރު، މި އަހަރަކީ މިހާތަނަށް ރާއްޖޭގައި ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރެވެ. 

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމާ ގުޅިގެން މި އަހަރު ފަގީރުންނާއި މިސްކީނުންނަށް ފިތުރު ޒަކާތުގެ ގޮތުގައި ބެހި ފައިސާގެ އަދަދުވެސް އިތުރުވެފައިވެއެވެ. އެގޮތުން ހަމަހަމަައަށް ޒަކާތުގެ ފައިސާ ބެހުމަށް ނިންމި އުސޫލުގެ ދަށުން މި އަހަރު ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 6،000 ރުފިޔާގެ މަގުން ފިތުރު ޒަކާތުގެ ފައިސާ ބަހާފައިވެއެވެ. 

ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުންވަނީ އެކަމަށް ހާއްސަކޮށް ޒަކާތު ހައުސްގެ ނަމުގައި ހާއްސަ އިދާރާއެއް ގާއިމުކުރުމާއެކު، ޒަކާތުގެ އިދާރީ އިންތިޒާމުތައް ބަޔާންކުރާ ތަފުސީލީ ޒަކާތާ ބެހޭ ގާނޫނެއްވެސް މިވެރިކަމުގައި ވުޖޫދުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު