ENGLISH
20 މާރިޗު 2026
ލޯންޗެއް ބަންޑުން ޖަހާލުން: ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
20 މާރިޗު 2026
|
ކަނޑުމަތީ ކުރީން ހިނގި ހާދިސާއެއް
އެންމެ މަޤްބޫލު
ވ. ފެލިދޫ ކައިރީން ލޯންޗެއް ބަނޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެ މީހުން އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ލޯންޗު ބަންޑުން ޖަހާލުމުގެ ހާދިސާ ހިނގީ ރޭ ދަންވަރު ވަގުތު އެވެ.
ފުލުހުން ދެންމެ ބުނީ މިހާރު ކަށަވަރު ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު ލޯންޗުގައި ޖުމުލަ ހަތް މީހުން ތިއްބެވެ. އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާ އިންޑިއާ އަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.
މި ހާދިސާގައި ލޯންޗުން ވިއްސައިގެންގޮސް މޫދަށް ވެއްޓުފައިވަނީ ފަސް މީހުންނެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ ހަތަރު ފިރިހެނުންނެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ދެ މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.