ENGLISH

20 މާރިޗު 2026

Advertisement

ފެލިދޫ ކައިރީން ލޯންޗެއް ބަނޑުން ޖަހާލާ ދެ މީހަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެ

20 މާރިޗު 2026

|

އަޙުމަދު ޙަމީދު

މެރިން ޕޮލިސްގެ ލޯންޗެއް ހަރަކާތްތެރިވަނީ

ވ. ފެލިދޫ ކައިރީން ލޯންޗެއް ބަނޑުން ޖަހާލާ ދެ މީހަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ފަސް މީހުން ދަތުރުކުރަމުން ދިޔައެވެ. އަދި މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު