ENGLISH
20 މާރިޗު 2026
ފިތުރު އީދުގެ ހަރަކާތްތައް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައިވެސް ކުރިއަށްދާން
19 މާރިޗު 2026
|
އެމްއެންޑީއެފްގެ އީދު ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް
އެންމެ މަޤްބޫލު
ފިތުރު އީދުގެ މުނާސަބަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އީދު ހަރަކާތްތައް މާލޭގެ 4 ސަރަހައްދެއްގައި މާދަމާ ކުރިއަށް ދާނެއެވެ.
އެމްއެންޑީއެފް އާއި ސަރުކާރުގެ 12 މުއައްސަސާއަކާއި ގުޅިގެން ކުރިއަށްދާ މި ހަރަކާތްތައް ކުރިއަށް ދާނީ ވިލިމާލެ، މާލެ، ހުޅުމާލެ ފޭސް 1 އަދި 2 ގައެވެ.
މިއަހަރު މުޅިން އަލަށް ވިލިމާލެ ޓާފް ދަނޑުގައި އީދު ހަވީރު ހަރަކާތް ކުރިއަށްދާނެއެވެ. މީގެއިތުރުން ހުޅުމާލެ ހިޔާ ފާކް، ސެންޓްރަލް ޕާކް، އަދި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި މި ހަރަކާތްތައް ކުރިއަށްދާނެއެވެ.
ފިތުރު ޢީދާއި ގުޅުވައިގެން ބާއްވަމުން އަންނަ އީދު ހަވީރު ހަރަކާތް އިންތިޒާމް ކުރަނީ އެމްއެންޑީއެފްއިންނެވެ.
އީދު ހަވީރު 3 ދުވަހަށް ކުރިއަށްގެންދިއުމަށް ވަނި ހަމަޖެހިފައެވެ. އެއީ އީދު ދުވަހާއި އެއާއި ވިދިގެން އަންނަ 2 ދުވަހެވެ.
މި ހަރަކާތްތައް ކުރިއަށް ދާނީ 3 ދުވަހުވެސް ހަވީރު 16:00 އިން ފެށިގެން 18:00 އާ ހަމައަށެވެ.