ENGLISH
19 މާރިޗު 2026
ޢީދު ފާހަގަކުރަން އެކްސެލްއާ އިސްލާމިކް މިނިސްޓްރީ ގުޅިގެން ޚާއްޞަ ޙަރަކާތެއް
19 މާރިޗު 2026
|
އެކްސެލްއިން ކުރީން ބޭއްވި އިވެންޓެއް
އެންމެ މަޤްބޫލު
ފިޠުރު ޢީދު ދުވަހުގެ އުފާ މާލޭގައި ތިބޭ ކުޑަކުދިންނަށް ހޯދައިދިނުމުގެ މަޤްޞަދުގައި، އެކްސެލް އިންޓަރނޭޝަނަލް ސްކޫލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރސް ގުޅިގެން ޚާއްޞަ ޢީދު ޙަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.
އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ޙަރަކާތަކީ ހުރިހާ ކުޑަކުދިންނަށްވެސް ހިލޭ ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ ޙަރަކާތެކެވެ. މި ޙަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 އިން 18:00 އަށް އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައެވެ.
މި ޙަރަކާތުގެ ތެރެއިން ކުދިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ތަފާތު މަޖާ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ކުދިންނަށް އޮންނާނެއެވެ. އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން މަޢުލޫމާތު ދޭ ގޮތުގައި، މި ޙަރަކާތުގެ ކުޅިވަރުތަކުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް، ހަދިޔާއެއް ލިބޭނެއެވެ.
މި ޢީދު ޙަރަކާތަކީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް، ކުޑަކުދިންނަށް އުފާވެރި މާޙައުލެއްގައި ޢީދުގެ ފޯރި ތަޖުރިބާކޮށްލުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.