ENGLISH

19 މާރިޗު 2026

Advertisement

ރައީސްގެ ދެމަފިރިކަނބަލުން އީދުގެ ތަހުނިޔާ ވިދާޅުވެއްޖެ؛ އިލްތިމާސަކީ ރިވެތި އާދަތައް ދިރުވައި އާލާކުރުން

19 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ރައީސް އަދި އަނބިކަނބަލުން އީދު ސަލާންކުރައްވަނީ، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު 1447 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ހުރިހާ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައިފިއެވެ. 

ވަކިވަކިން ދެ ބޭފުޅުން މީސްމީޑިޔާ މަންސަތަކުގައި ޝާއިއުކުރެއްވި ޕޯސްޓުތަކުގެ ތެރެއިން ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ އީދަކީ ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮތް އިސްލާމީ ސަގާފަތާއި ދިވެހިވަންތަ އެތައް ރިވެތި އާދަކާދައަކާ ލާމެހިފައިވާ ހާއްސަ މުނާސަބަތެއް ކަމަށެވެ. 

އިތުރަށް ރައީސް ވިދާޅުވެފައިވަނީ މުސްލިމުންނަށް އަންނަ ދެ އީދަކީވެސް ދިވެހި އިސްލާމީ މުޖުތަމައާ ކޮންމެ އަހަރަކު ބައްދަލުވާ އެންމެ އުފާވެރި ފޯއްވައްސައްވުމަކީ އެމަނިކުފާނު އަބަދުވެސް އުންމީދުކުރައްވާ ކަމެއް ކަމަށެވެ. 

ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ އީދުތަކަކީ ކާބަފައި ޒަމާނުއްސުރެ އީދާ ގުޅިފައިވާ އާދަތައް ދިރުވައި އާލާކޮށް ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ހެދުން ކަމަށެވެ. 

އެމަނިކުފާނުގެ އަނބިކަނބަލުން މީސްމީޑިޔާގައި ޝާއިއުކުރެއްވި ޕޯސްޓުގައި ބަރަކާތްތެރި ފިތުރު އީދު ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ އިހުލާސްތެރިކަމާއެކު އަރިސްކުރައްވާ ކަމަށް ވިދާޅުވިއެެވެ. 

ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މާލެއާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައި އީދު ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރެއްވުމަށް އިސްކަންދެއްވައިގެން ގިނަ ހަރަކާތްތަކެއް ސަރުކާރުގެ ބައިވެރިވުމާއި އިސްނެގުމާއެކު އަންނަނީ ކުރިއަށްގެންދަމުންނެެވެ. 

ކިޔުންތެރިންގެ ހިޔާލު