ENGLISH
19 މާރިޗު 2026
އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި
19 މާރިޗު 2026
|
އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. --ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ނުފެށި ގިނަ ދުވަސްވެފައިވާ، އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީ އިން ބުނީ ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، ފަށައި، މިހާރު ކުރިޔަށްދަނީ ގްރޮއިންތަކުގެ ޕްރޮފައިލްގެ މަސައްކަތް ކަމަށެވެ.
އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 17 ޖުލައި 2023 ގައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒްކޮށްފައިވަނީ 30 އެޕްރީލް 2024 ގައެވެ.
އއ ހިމަންދޫ ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް--
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ފަޅު ފުންކުރުމާއި ގޮނޑުދޮށަށް ވެލި އެޅުމާއި، 605 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ބޭނުންކޮށްގެން ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން ޖިއޯ-ބޭގް ޖަހާނެއެވެ.
މި މަޝްރޫޢުގެ އަގަކީ 24,543,350 ރުފިޔާއެވެ.