ENGLISH
19 މާރިޗު 2026
ދިވެހިންގެ އިތުބާރު ލިބިފައިވާ ހިޓާޗީ ބްރޭންޑަށް 25 އަހަރު
19 މާރިޗު 2026
|
ޓާޗީ ބްރޭންޑުގެ ރެފުރިޖުރޭޓަރު. ފޮޓޯ؛ އެސްޓީއޯ
އެންމެ މަޤްބޫލު
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ދިވެހިރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ ކޮލިޓީ މޮޅު އިލެކްޓްރޯނިކްސް ސާމާނުތަކުގެ ތެރެއިން އެންމެ ބޮޑަށް ދިވެހިންގެ އިތުބާރު ހޯދާފައިވަނީ ހިޓާޗީ ބްރޭންޑުގެ ރެފުރިޖުރޭޓަރުތަކެވެ.
އެސްޓީއޯއިން ބުނީ 25 އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއް ނެތި ދިވެހި ގޭބިސީތަކަށް ޚިދުމަތް ދެމުން އަންނަ މި ބްރޭންޑަކީ އޭގެ ދިގުދެމިގެންވާ ފެންވަރާއި ވަރުގަދަކަމަށްޓަކައި މަޝްހޫރުވެފައިވާ ބްރޭންޑެއް ކަމަށެވެ.
ދިވެހިންގެ ތެރޭގައި ހިޓާޗީ ރެފުރިޖުރޭޓަރު މިހާ ބޮޑަށް މަގުބޫލުވެފައިވާ މައިގަނޑު ސަބަބަކީ، ރާއްޖޭގެ ހޫނުމިނާއި މާހައުލާ ގުޅޭގޮތަށް، ގިނަ ދުވަހު ހަލާކުނުވެ ބޭނުންކުރެވޭ ފަދަ މޮޅު ފެންވަރަކަށް އުފައްދާފައިވާތީ އެވެ. މިގޮތުން، މީގެ 25 އަހަރު ކުރިން ބޭނުންކުރަން ފެށި ބައެއް ރެފުރިޖުރޭޓަރުތައް އަދިވެސް ބައެއް ގޭގޭގައި ބޭނުންކުރަމުންދާކަމީ މި ބްރޭންޑަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެކެވެ.
އެސްޓީއޯއިން ވަނީ ހިޓާޗީ ރެފުރިޖުރޭޓަރުތަކުގެ އެންމެ ފަހުގެ މޮޑެލްތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ އުފެއްދުންތަކެއްކަން ހާމަކޮށްފަ އެވެ. މީގެ ތެރޭގައި ކަރަންޓު ޚަރަދު ކުޑަކޮށްދޭ 'އިންވާޓާ' ޓެކްނޮލޮޖީއާއި، ތަކެތި ތާޒާކަންމަތީ ގިނަ ދުވަހު ބެހެއްޓުމަށް އެހީތެރިވެދޭ 'ވެކިއުމް ކޮމްޕާޓްމަންޓް' ފަދަ ސިފަތައް ހިމެނެއެވެ. މީގެ އިތުރުން، ތަފާތު ސައިޒުތަކާއި ކުލަތަކުގައި ލިބެން ހުރުމަކީ ކޮންމެ ކަހަލަ ބަދިގެއަކާވެސް ގުޅޭ ފުރިހަމަ ފަރުމާތަކެއް މި ބްރޭންޑުން ލިބިގެންދާ ސަބަބެކެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު ދިވެހި ބާޒާރަށް އަންނަ ބަދަލުތަކާއެކުވެސް، ހިޓާޗީ ވަނީ އެ ބްރޭންޑުގެ ވަރުގަދަ ނަން ދަމަހައްޓާފައެވެ. މިއަދު ދިވެހި ކޮންމެ އާއިލާއަކުންވެސް އާ ރެފުރިޖުރޭޓަރެއް ގަންނަން ބޭނުންވާއިރު، އެންމެ ފުރަތަމަ ލިސްޓަށް އަންނަނީ ހިޓާޗީގެ ނަމެވެ. އެއީ އޭގެ ފެންވަރާއި، އިތުބާރާއި، އަދި ޒަމާނީ ވަސީލަތްތަކުގެ ސަބަބުންނެވެ.
ދުނިޔޭގައިވެސް ނަން މަޝްހޫރު ހިޓާޗީ ބްރޭންޑުގެ ރެފުރިޖަރޭޓަރު ތަކަކީ ގިނަ އޭގެ ޑިޒައިންއަށާއި އެކި ސިފަތަކުގެ ސަބަބުން ގިނަ އެވޯޑްތައްވެސް ހާސިލް ކުރަމުން އަންނަ އުފެއްދުންތަކެކެވެ. އެގޮތުން ހިޓާޗީގެ 'ސްކައިލައިން ސައިޑް ބައި ސައިޑް' ރެފުރިޖަރޭޓަރަށް ވަނީ 'އައި އެފް' ގެ ޑިޒައިން އެވޯޑް ލިބިފައިކަން އެސްޓީއޯއިން ފާހަގަކުރެ އެވެ. އަދި 2025 ވަނަ އަހަރު ރީޑަރޒް ޑައިޖެސްޓް ޓްރަސްޓެޑް ބްރޭންޑް ގެ ގޯލްޑް އެވަރޑް ވެސް ލިބިފައި ވަނީ ހިޓާޗީ ރެފުރިޖަރޭޓަރަސް ކަމަށް އެސްޓީއޯއިން ހާމަކުރެ އެވެ.
ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ބެލިކަމުގައިވިޔަސް، ހިޓާޗީއަކީ ހަމައެކަނި ބްރޭންޑެއް ނޫނެވެ. އެއީ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބައިވެރިއެކެވެ.
ހިޓާޗީ ބްރޭންޑުގެ އެންމެ ފަހުގެ އުފެއްދުންތައް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ދިވެހިންގެ ގެތަކަށް ފޯރުކޮށްދެމުން ދާއިރު މި ހުރިހާ އުފެއްދުންތަކެއް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭ ފޭސް 1 ގެ އައުޓްލެޓުން ލިބެން ހުންނާނެކަމަށް އެކުންފުނިން ބުނެއެވެ.