ENGLISH

19 މާރިޗު 2026

Advertisement

ރާއްޖެއާ އޮސްޓްރޭލިއާގެ ދެމެދުގައި ވައިގެ އުދުހުންތަކަށް ބޮޑު ލުޔެއް!

19 މާރިޗު 2026

|

އައިމިނަތު ޝަފާ

ރާއްޖެެއާއި އޮސްޓްރޭލިއާ ދެމެދު ވައިގެން ދަތުރުފަތުރާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރުން . ފޮޓޯ؛ ސޯޝަލް މީޑިއާ

ރާއްޖެެއާއި އޮސްޓްރޭލިއާ ދެމެދު ވައިގެ ދަތުރުފަތުރުގެ  ޚިދުމަތްތައް ފުޅާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ، ޓްރާންސްޕޯޓް، ރީޖަނަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް، ސްޕޯޓް އެންޑް ދި އާޓްސްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފްއެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ގާއިމުކޮށް ފަސޭހަކުރުމަށްޓަކައި ސޮއިކުރެވުނު އެއްބަސްވުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ އެއްބަސްވުމާއެކު އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެއާލައިންތަކުން ދަތުރުފަތުރު ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. މީގެ ސަބަބުން ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ އިތުރުން ވިޔަފާރީގެ ދާއިރާއިން އައު ފުރުސަތުތަކަކަށް މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވި އެވެ. 

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އިތުރު އެެއާލައިންތައް ގެނެސް ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު އެފްރިކާއާއި އޭޝިޔާގެ އައު އެއާލައިންތައް ގެނައުމާއެކު، ރަޝިޔާއާއި އިންޑިޔާ އަދި ޗައިނާ ފަދަ ގައުމުތަކުގެ އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު