ENGLISH

19 މާރިޗު 2026

Advertisement

ބޭނުމީ ސިޔާސީ ހަމަޖެހުން، ދެ އިންތިހާބުގެ ރެފަރެންޑަމްއަށް ފުވައްމުލަކު ރައްޔިތުން ތާއީދު!

19 މާރިޗު 2026

|

އައިމިނަތު ޝަފާ

ފުވައްމުލަކު ސިޓީގައި ކުރިއަށްދިޔަ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގެ ތެރެއިން. ފޮޓޯ؛ ޕީއެންސީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފުވައްމުލަކު ރައްޔިތުން ވަރަސް ބޮޑަށް ތާއީދުކުރައްވާކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވިދާޅުވެއްޖެ އެވެ.

" ވޯޓް ދޫންޏައް" މި ނަމުގައި ފުވައްމުލަކު ސިޓީގައި އިއްޔެ ހަވީރު ސައިކަލު ބުރެއް ބާއްވާފައިވާއިރު އިއްޔެގެ ވަގުތުތަކުގައި ވަނީ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއްވެސް އެ ސިޓީގައި ކުރިއަށްގެންގޮސްފަ އެވެ. 

މި ހަރަކާތްތަކުގެ މައުލޫމާތު "އެމްއެމްޓީވީ"އާ ހިއްސާކުރައްވަމުން މެމްބަރު ވިދާޅުވީ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން، ޕާޓީގެ އިސްލީޑަރޝިޕްގެ ބޭފުޅުން ދާއިރާގެ ގިނަ ގޭބިސީތަކަކަށް ޒިޔާރަތްކުރައްވާފައި ވާކަމަށެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުންކަމަށް މެމްބަރު ވިދާޅުވި އެވެެ. 

ޚާއްޞަގޮތެއްގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި އިންތިޚާބުތަކަށް ހޭދަވާ ވަގުތު ސަލާމަތްކުރުމުގެ ގޮތުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް މި ހަރަކާތުގެ ތެރެއިން ކުރިއަށްދިޔަކަން މެމްބަރު ފާހަގަކުރެއްވި އެވެ .

މެމްބަރު ވިދާޅުވީ ފުވައްމުލަކު ރައްޔިތުން ބޭނުންވަނީ ސިޔާސީ ހަމަޖެހުން ކަމަށެވެ. ވުމާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ ބޮޑު ތާއީދެއް ލިބިފައިވާކަމަށް މެމްބަރު ވިދާޅުވި އެވެ. 

"ރައްޔިތުން ބޭނުންވަނީ ސިޔާސީ ހަމަޖެހުން. ސިޔާސީ ގޮތުން މި އޮންނަ ހަލަބޮލިކަން ނައްތާލަން. ތަރައްގީގައި ކުރިއަށްދާން ." - ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން

ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ގާތުން ބައްލަވައި، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަކީ މިފަދަ ހަރަކާތްތަކުގެ މުހިންމު ބޭނުމެއްކަން ފާހަގަކުރައްވައި މި ހަރަކާތުގެ ސަބަބުން ދާއިރާގެ ރައްޔިތުންނާއި ސިޔާސީ ވެރިންނާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެ، ކުރިއަށް އޮތް އިންތިހާބީ މަސައްކަތްތައް ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަންތައްތައް ދެނެގަނެވިފައިވާކަމަށް މެމްބަރު ވިދާޅުވި އެވެ. 

ޕީއެންސީގެ ކެމްޕެއިން ހަރަކާތްތައް ފުޅާކޮށް މުޅި ރާއްޖޭގައި އެ ޕާޓީގެ ކެމްޕެއިން ހަރަކާތްތައް މިހާރުވެސް އަންނަނީ ކުރިއަށް ގެންދަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު