ENGLISH

19 މާރިޗު 2026

Advertisement

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު ކުރުން މާލޭގެ 4 ސަރަޙައްދެއްގައި!

19 މާރިޗު 2026

|

އައިމިނަތު ޝަފާ

ސަލްމާނު މިސްކިތް. ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު ކުރުން މާލޭގެ 4 ސަރަޙައްދެއްގައި މިފަހަރު ކުރިޔަށްދާނެ. ފޮޓޯ؛ ސޯޝަލް މީޑިއާ

މިއަހަރުވެސް މާލޭގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފި އެވެ. 

އެގޮތުން ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ މާފަންނު ސްޓޭޑިއަމް ސަރަހައްދު، ވިލިމާލެ ފުޓުބޯޅަ ދަނޑު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސްޖިދު ހަސަން އާދަމްއާ އިންވެގެން އޮންނަ ހުސްބިން (ނިރޮޅުމަގާއި، ހީނާމާ ހިނގުމާއި، ފޭރުގަސް މަގާއި، ދުބުރި ގަސްމަގާއި އެއް އިންކޮށް އޮންނަ ސަރަހައްދު) އެވެ.

އަދި މާލޭ ސަރަހައްދުގެ 25 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރުމަށް ވަނީ ނިންމާފަ އެވެ.

ވުޒާރާއިން ބުނީ  މޫސުން ގޯސްވުމުގެ ސަބަބުން މި ސަރަހައްދުތަކުގައި ނަމާދު ކުރެވޭ ފަދަ ހާލަތެއް ނެތްނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައި ވެސް ޢީދު ނަމާދު ކުރާނެ ކަމަށެވެ. 

ޢީދު ނަމާދު ރާއްޖޭގައި ކުރަނީ ހެނދުނު 7:00ގައެވެ. 

ރާއްޖެއަށް ބަރަކާތްތެރި ފިޠުރު ޢީދު ދުވަހަކީ މާދަމާ އެވެ. 

ކިޔުންތެރިންގެ ހިޔާލު