ENGLISH
19 މާރިޗު 2026
އަަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓްގައި ސޮއިކުރުން މެދުކަނޑާލައިފި، އިންތިޚާބަކަށް އަސަރެއް ނުކުރާނެ
19 މާރިޗު 2026
|
އަލިފާނުގެ ހާދިސާ --
އެންމެ މަޤްބޫލު
މިރޭ ހިނގި އަލިފާނުގެ އަަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓްގައި ސޮއިކުރުން މެދުކަނޑާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބާ ބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގާ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީ، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށެވެ.
އަދި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީޚެއް ފަހުން އަންގާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބާ ބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
އަދި މިހާރު އިންތިޚާބާބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
މީގެ އިތުރުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.