ENGLISH

19 މާރިޗު 2026

Advertisement

އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކުރި މީހެއްގެ ހާލު ދެރަވެ ފަރުވާ ދެނީ

19 މާރިޗު 2026

|

އަޙުމަދު ޙަމީދު

އަލިފާން ރޯވެފައި --

މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކުރި މީހެއްގެ ހާލު ދެރަވެ ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ވަނީ އެކަން ޔަޤީންކޮށްދީފަ އެވެ. ފުލުހުން ބުނީ މިރޭގެ ހާދިސާގައި ދުމުގެ އަސަރު ކޮށް ހާލު ދެރަވި އަންހެނަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

މި ޙާދިސާގައި އެ ސަރަޙައްދުގެ 4 އާއިލާއެއްގެ 18 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވަނީ މަޢުލޫމާތުދެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ރޯވި ގުދަނަކީ ކެމިކަލް ރައްކާކުރުމަށް ބޭނުންކުރަމުންދިޔަ ގުދަނެކެވެ.

މި ޙާދިސާ ގައި ގުދަން ބޭނުންނުކުރޭވަރަށް ހަލާކުވެފައިވާއިރު، އެ ސަރަޙައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ.  

ކިޔުންތެރިންގެ ހިޔާލު