ENGLISH

19 މާރިޗު 2026

Advertisement

އަލިފާނުގެ ހާދިސާ: ގުދަނުގައި ހުރީ ނުރައްކާތެރި މާއްދާތައް އެކުލެވޭ ގަސްކާނާ، ސަމާލުވާން އެދިއްޖެ

19 މާރިޗު 2026

|

އަޙުމަދު ޙަމީދު

ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުން

މިރޭ އަލިފާނުގެ ހާދިސާ ހިނގި ގުދަނަކީ ގަސްކާނާ އާއި އެ ނޫންވެސް ނުރައްކާތެރި މާއްދާތައް ހުރި ތަނަކަށް ވުމުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ މާފަންނު ފުލޫނިޔާމަގުގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

މި ގުދަނަކީ ގަސްކާނާ އާއި އެ ނޫންވެސް ނުރައްކާތެރި މާއްދާތައް ހުރި ތަނަކަށް ވުމާއެކު، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި  ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ސަމާލުކަން ދޭންވީ ކަންކަން:

* އަލިފާން ފެތުރުމުގެ ފުރުސަތު އޮތުމާއި، ދުމުގެ އަސަރުގެ އިތުރުން ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ހުރުމުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، އެ ސަރަހައްދަށް އެއްނުވުން.

* އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކުން ދޮރުތައް ލައްޕައިގެން ތިބުމަށާއި، ބޭރަށް ނުކުމެ އުޅުން މަދުކުރުން.

* ދުމުގެ އަސަރުކުރާނަމަ، މާސްކު އެޅުން ނުވަތަ ނޭފަތާއި އަނގަ ނިވާކުރުން.

* ދަތުރުފަތުރު ކުރާ ފަރާތްތަކުން އެހެން މަގުތައް ބޭނުންކުރުމަށާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުން.

ކިޔުންތެރިންގެ ހިޔާލު