ENGLISH
12 ޖޫން 2026
މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް: ގުދަނެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް
18 މާރިޗު 2026
|
އަލިފާން ރޯވެފައި --
އެންމެ މަޤްބޫލު
މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އަލިފާން ރޯވެފައި ވަނީ ގުދަނެއްގަ އެވެ.
ފުލުހުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އެ ގުދަނުގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ. ރޯވެފައި ވަނީ މާލެ، މާފަންނު، ފުލޫނިޔާމަގުގައި ހުންނަ "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގައެވެ. މިއީ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ތަނެކެވެ.
މި ގުދަން ހުރީ ޠައިބާ މިސްކިތް ކައިރީގައި ހުންނަ އިލެކްޝަންސް ކޮމިޝަނުުގެ އިންތިޚާބާ ބެހޭ މަރުކަޒުގެ ކައިރީގައެވެ. ގުދަނުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކުރެވިފައިވާކަމަށާއި، އަލިފާންގަނޑު އިތުރަށް ފެތުރުމުގެ ފުރުޞަތު ނެތްކަމަށް އެމްއެންޑީއެފްއިން ވިދާޅުވި އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި މީހުން ދިރިއުޅޭ 5 ވަރަކަށް ގެއިން މީހުން ހުސްކޮށް، ބައެއް ގެތަކުން ކަރަންޓުވެސް ކަނޑާލާފައިވެ އެވެ. އަދި އެ ސަރަޙައްދުގައި ހުރި ވެހިކަލްތައް ދުރަށް ޖައްސާ މަގުގެ ބޮޑުބައެއް ވަނީ އެއްކޮށް ބަންދުކޮށްފަ އެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ، އަލިފާން ނިއްވާ ބައެއް ވެހިކަލްތައްވެސް ޙަރަކާތްތެރިވެފައިވެއެވެ. ރޯވި ގުދަން ފިޔަވާ އިތުރު އިމާރާތަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.
މި ޙާދިސާގައި އެ ސަރަޙައްދުގެ 4 އާއިލާއެއްގެ 18 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވަނީ މަޢުލޫމާތުދެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ރޯވި ގުދަނަކީ ކެމިކަލް ރައްކާކުރުމަށް ބޭނުންކުރަމުންދިޔަ ގުދަނެކެވެ. މިޙާދިސާގައި ގުދަން ބޭނުންނުކުރޭވަރަށް ހަލާކުވެފައިވާއިރު، އެ ސަރަޙައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ.