ENGLISH
18 މާރިޗު 2026
މިރެއަކީ ތާރީޚީ ރެއެއް؛ ހަނދާއި ބެހޭ ބަޔާން އިއްވެވި ފުރަތަމަ އަންހެނަކަށް އުސްތާޛާ ޙައްވަ
18 މާރިޗު 2026
|
އުސްތާޛާ ޙައްވާ ލަތީފް
އެންމެ މަޤްބޫލު
ހަނދާއި ބެހޭ ބަޔާނެއް އިއްވެވި ފުރަތަމަ އަންހެން ބޭފުޅަކަށް އުސްތާޛާ ޙައްވާ ލަތީފް ވެއްޖެ އެވެ.
ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމާއި ގުޅޭގޮތުން ފަލަކީ ކޮމެޓީން ބައްދަލްވުމަށް ފަހު އިއްވެވި ހަނދާއި ބެހޭ ބަޔާން މިރޭ އިއްވެވީ އެކަމަނާ އެވެ. މިއީ ރާއްޖޭގެ ތާރީޚު ގައި ހަނދާއި ބެހޭ ބަޔާނެއް އަންހެން ބޭފުޅަކު އިއްވެވި ފުރަތަމަ ފަހަރެވެ.
އުސްތާޛާ ޙައްވާ ލަތީފް އަކީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. އެއީ ވަރަށް ޢިލްމީ ބޭކަނބަލެކެވެ.
އެކަމަނާއަށް އެ ނޫން ވެސް ތާރީޚީ ޝަރަފެއް ލިބިވަޑައިގެންފައިވެ އެވެ. ހުކުރު ޚުތުބާއެއް ލިޔުއްވި ފުރަތަމަ ދިވެހި އަންހެން ޢިލްމުވެރިއަކީ ވެސް އެކަމަނާ އެވެ. 2024 ވަނަ އަހަރުގެ އޮގަސްޓް ނުވަވަނަ ދުވަހު އިއްވެވި ޚުތުބާ ލިޔުއްވާފައި ވަނީ އުސްތާޛާ ޙައްވާ ލަތީފް އެވެ.